އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ބާރުއަޅައިފި

އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ބާރުއަޅައިފިކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އީރާނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ވަރުގަދަކުރާނެ ވަގުތަކާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފޯނުން މަޝްވަރާކުރިކަމަށް އެމެރިކާގެ މީޑިއާތަކުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކްސިއޯސް ނޫހުން އެމެރިކާ އަދި އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ބޭއްވި މި ފޯނު ކޯލުގައި ދެ މީހުން ވަނީ ތެހެރާނާއެކު ކުރިއަށްދާ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަފަ އެވެ.

މި ބައްދަލުވުމުގައި އެމެރިކާގެ މިޑްޓާމް އިންތިޚާބު ނިމުމާއެކު އީރާނަށް ހަމަލާދިނުމަށް ނަތަންޔާހޫ ބާރުއެޅި ނަމަވެސް ޓްރަމްޕް ބޭނުންވީ މަޝްވަރާތަކަށް އިތުރު ފުރުސަތު ދިނުމަށެވެ.

އިސްރާއީލުގެ މަސްދަރަކުން މި ކޯލަކީ ”އުނދަގޫ“ ވާހަކަތަކެއް ދެކެވުނު ކޯލެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު އެމެރިކާގެ މަސްދަރުން ބުނީ އެއީ ވަރަށް ”ސީދާ“ ވާހަކަތަކެއް ދެކެވުނު ކޯލެއް ކަމަށެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ނަތަންޔާހޫއާ ވާހަކަދެއްކިކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެއީ ވަރަށް ރަނގަޅު މަޝްވަރާއެއް ކަމަށާއި ވާހަކަދެކެވުނު މައިގަނޑު އެއް މައުޟޫއަކީ އީރާނު ކަމަށް ޓްރަމްޕް ފާހަގަކުރި އެވެ.

ވޭތުވެދިޔަ އަށް މަސްދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ގެންގުޅުއްވަނީ ދެ އުސޫލެކެވެ. އެއީ ވައިގެ މަގުންނާއި އެހެނިހެން ގޮތްގޮތުން ހަމަލާދިނުމާއެކު ސުލްހައިގެ ވާހަކަތައް ފެށުމަށާއި ހޯރްމޫޒް ކަނޑުއޮޅި ތެލާއި ގޭހުގެ ވިޔަފާރިއަށް ފުރިހަމައަށް ހުޅުވާލުމަށް އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރުމެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު ކުރާ މަޝްވަރާތައް ދަނީ ރަނގަޅަށް ކަމަށާއި އަދި ނިންމާލަންޖެހޭ އެކެއް ނުވަތަ ދެކަމެއް އެބައޮތް ކަމަށެވެ.

މީގެއިތުރުން އީރާނުގެ އަސްކަރިއްޔާއާއި ނިއުކްލިއާ ޕްރޮގްރާމަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާތީ ހަމަލާ ދިނުމަކަށް ވޮޝިންގްޓަނުން އަވަސްވެގަންނަން ނުޖެހޭ ކަމަށް އޭނާ ބުނެޏެވެ.

ޓްރަމްޕާއި ނަތަންޔާހޫގެ މަޝްވަރާތައް މި ކުރެވުނީ މެދުކެނޑިފައިވާ މަޝްވަރާތައް އަލުން ފެށުމަށް އެދި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށް އީރާނުގެ ސަލާމަތީ ކަންކަމާބެހޭ ވެރިޔާ މުހްސިން ރޭޒާއީ ހޮނިހިރު ދުވަހު ހާމަކޮށްފައިވަނިކޮށެވެ.

މަޝްވަރާތައް އަލުން ފެށުމަށް މެދުވެރިން ބޭނުންވާކަމުގެ އަނެއް ނިޝާނަކީ އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރުމަށް ޤަޠަރުގެ ވަފުދެއް ހުކުރު ދުވަހު ތެހެރާނަށް ގޮސްފައިވުމެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓްރަމްޕަށް ބޮޑެތި ސިޔާސީ ފިއްތުންތަކެއް ކުރިމަތިވަމުންދާއިރު ތެލުގެ އަގުބޮޑުވުމާއި ދިރިއުޅުމުގެ ޚަރަދުތައް މައްޗަށް ދިއުމުގެ ސަބަބުން އެމެރިކާގެ ވޯޓުލާ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި މި ހިތްހަމަނުޖެހުން ކުރިއަށް އޮތް އިންތިޚާބުގެ ނަތީޖާއިން ފެނިގެންދާނެ ކަމަށް ބެލެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.