މެންބަރު ހިސާންއަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގީ ފިނޑި އަމަލެއް، ރައީސް އިސްތިއުފާ ދެއްވާ: ބޮންޑޭ

 މެންބަރު ހިސާން ހުސައިނަށް އަމާޒުކޮށް ސަރުކާރުގެ ތެރެއިން ހިންގީ ފިނޑި އަމަލެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފި އެވެ.

އޭނާ މިފަދައިން ގޮވާލެއްވީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ޖުޑިސަރީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު މަޖީލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުން ނެވެ.

އިޝްތިހާރު Below Header ad

ބޮންޑޭ ވިދާޅުވީ އެ ބިލަކީ ސަރުކާރުން އެދިގެން މަޖިލީހަށް ހިސާން ހުށަހެޅުއްވި ބިލެއް ކަމަށާއި ނަމަވެސް ފަހުން ސަރުކާރުގެ ބައެއް ބޭފުޅުން “އަޑީގައި” ތިއްބަވައިގެން ބިލާ ދެކޮޅު ކެމްޕޭނެއް ކުރިއަށް ގެންދިޔައީ ކަމަށެވެ.

“މި ސަރުކާރަކީ ކުރަންޖެހޭ ކަންކަން ކުރުމުގެ “ގަޓް” ނެތް ސަރުކާރެއް” ބޮންޑާ ވިދާޅުވި އެވެ.

ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް އަލުން ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ފާސްކޮށްފަ އެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އަރިސް މެންބަރުން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުން ނެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު، ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ ތެރޭގައި ޚިޔާލުތަފާތުވުން ވަނީ އިތުރުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.