63 މެމްބަރުންގެ ވޯޓާއެކު އޮޑިޓަރ ޖެނަރަލްގެ މަޤާމަށް ނިޔާޒީ އައްޔަން ކުރަން ފާސްކޮށްފި

63 މެމްބަރުންގެ ވޯޓާއެކު އޮޑިޓަރ ޖެނަރަލްގެ މަޤާމަށް ނިޔާޒީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޮޑިޓަރ ޖެނަރަލްގެ މަގާމަށް، ގ. އައިފަ، ހުސައިން ނިޔާޒީ އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގަ އެވެ.

އިޝްތިހާރު Below Header ad

އޮޑިޓް އޮފީހުގެ އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމުގާއި އެ އޮފީހުގެ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިނޭންޝަލް އޮޑިޓް ޑިވިޜަންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ވެސް މިވަގުތު ހުންނެވީ ނިޔާޒީ އެވެ.

ރާއްޖޭގައި ތިއްބެވި އެންމެ ސީނިއަރ ޗާޓަރޑް އެކައުންޓެންޓުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ނިޔާޒީ އޮޑިޓް އޮފީހުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޮޑިޓަރ ޖެނެރަލް ގެ މަގާމުގައި ކުރިން ހުންނެވި، ޙަސަން ޒިޔަތު އޮޑިޓަރ ޖެނަރަލްގެ މަޤާމުން އިސްތިއުފާދެއްވުމުން، އެ މަގާމަށް ނިޔާޒީ އައްޔަންކުރަން ކޮމިޓީން ފާސްކުރީ މިމަހުގެ 4 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.