ޚަބަރު ފީތާ

މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

މަރުވެފައޮތް މީހެއްގެ ހަށިގަނޑު އައްޑޫ ސިޓީގެ ކަނޑުއަޑިން ފެނިއްޖެއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވެފައި ވަނީ، އިކުއެޓޯރ ވިލެޖްގެ އިރު އުތުރުން ފަރުގެ ބޭރުން ފެނިފައި ވަނީ ފިރިހެން ފަތުރުވެރިއެއްގެ ހަށިގަނޑު ކަމަށެވެ. އަދި އެމް.އެން.ޑީ.އެފްގެ ސަދަން އޭރިއާ ކޯސްޓްގާޑް ސްކްއަޑްރަންގެ ޑައިވަރުން އެމީހާގެ ހަށިގަނޑު ނަގައިގެން މިއަދު 16:30 ހާއިރު ސ. ފޭދޫ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށް ވެސް ހާމަ ކޮށްފައިވެއެވެ.

މިހާދިސާގެ ޚަބަރު އެމް.އެން.ޑީ.އެފްއަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 15:30 ގައެވެ. އަދި ފަތުރުވެރިޔާގެ ހަށިގަނޑު ސ. ފޭދޫ ހޮސްޕިޓަލަށް ގެންދިއުމުން ފުލުހުން މިކޭސްގެެ އިތުރު ތަހުގީގު ކުރިއަށް ގެންދާ ކަމަށްވެސް އެފަރާތުން ވިދާޅުވެފައިވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މަރުވެފަ އޮތް މީހެއްގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.