ރާމޯސް ޕީއެސްޖީއަށް ބަދަލުވެއްޖެ

ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަން ދެން ކުޅުނު އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

މިހާރު އުމުރުން35 އަހަރުގެ ރާމޯސް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ވަނީ މީގެ ކުރިން ރެއާލް ގައި16 އަހަރު ހޭދަކޮށްފައެވެ. މި16 އަހަރުގެ ތެރޭގައި ރެއާލުން ހޯދި ބޮޑެތި ގިނަ ކާމިޔާބީތަކުގެ މުގުލުގައިވެސް ހުރީ ރާމޯސްއެވެ.

އިޝްތިހާރު Below Header ad

ނިމިގެން ދިޔަ ޖޫން މަހުގައި ރެއާލް ދޫކޮށްލަން ރާމޯސް ނިންމާ އެކަން އިއުލާން ކުރިނަމަވެސް އޭނާ ފަހުން ރެއާލްގައި މަޑުކޮށް އެ ކުލަބާއި އެކު ކެރިއަރު ނިންމާލަން ބޭނުންވިއެވެ. އެހެން ނަމަވެސް، ރެއާލުން ވަނީ ރާމޯސް އެ ކުލަބުގައި ނުބެހެއްޓުމަށް ނިންމާފައެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން ރާމޯސް ޕީއެސްޖީއަށް ބަދަލުވިއިރު، އޭނާ ޕީއެސްޖީއާ ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ރާމޯސް ރެއާލުގައި ހޭދަކުރި 16 އަހަރުގައި އެ ކުލަބަށް 671 މެޗު ވަނީ ކުޅެދީފައެވެ. އެގޮތުން 101 ލަނޑުވެސް ރެއާލްއަށް ކާމިޔާބު ކޮށްދިނެވެ.

މީގެ އިތުރުން ރާމޯސް ވަނީ ރެއާލާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ސްޕެނިޝް ލީގު ފަސް ފަހަރު، ފީފާ ކުލަބު ވޯލްޑް ކަޕް ހަތަރު ފަހަރު، ސްޕެނިޝް ކަޕް ދެ ފަހަރު، ޔުއެފާ ސުޕަ ކަޕް ތިން ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ހަތަރު ފަހަރު ހޯދާފައެވެ.

ރާމޯސް ޕީއެސްޖީއަށް ބަދަލުވެފައިވާއިރު، އޭނާ އެކުލަބުގައި 2023 ގެ ނިޔަލަށް މަޑުކުރާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.