ޔޫރޯ 2020: ޑެންމާކް ބަލިކޮށް އިންގްލެންޑް ފައިނަލަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޑެންމާކް ބަލިކޮށް ޔޫރޯގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން އިންގްލެންޑް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ރޭ ކުޅުނު މެޗު ފަށައިގެން އިންގްލެންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑުންގާފައިވަނީ ޑެންމާކުންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން މިކެލް ޑޭމްސްގާޑެވެ. އެކަމަކު އޭގެ ނުވަ މިނެޓު ފަހުން އިންގްލެންޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޑެންމާކުގެ ކެޕްޓަން ސިމޮން ކިއާގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، އިންގްލެންޑުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގައެވެ. އިންގްލެންޑްގެ ރަހީމް ސްޓާލިންއަށް ޑެންމާކުގެ ޑިފެންޑަރު ޔޮއަކިމް މީލް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ކޭން ފުރަތަމަ ފޮނުވާލި ބޯޅަ ގޯލްކީޕަރު ކެސްޕާ ޝްމައިކަލް މަތަކުރިއެވެ. އެކަމަކު ރީބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކޭން ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފައެވެ.

މި މޮޅާއެކު އިންގްލެންޑް ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ސްޕެއިން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިޓަލީއާއެވެ.

އިޓަލީ އަދި އިންގްލެންޑް ބައްދަލުކުރާ ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.