ޚަބަރު ފީތާ

ބަޑީގެ ހަމަލާއެއްގައި ހެއިޓީގެ ރައީސް އަވަހާރަ ކޮށްލައިފި

ބަޑީގެ ހަމަލާއެއްގައި ހެއިޓީގެ ރައީސް ޔޮވެނެލް މޮއިސް އަވަހާރަ ކޮށްލައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން އެމަނިކުފާނު އަވަހާރަކޮށްލާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ ހަމަލާފައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ހަށިކޮޅަށް ވެސް ވަޒަން އަރާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެގައުމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަމަލާ ދިން މީހުންގެ ތެރެއިން ބައެއް މީހުން ސްޕެނިޝް ބަހުން ވާހަކަ ދައްކާ އަޑު ވަނީ އިވިފަ އެވެ.

މި ހަމަލާ ދިން މީހުން މިހާތަނަށް އަދި ހޯދިފައެއް ނުވެ އެވެ.

ރައްޔިތުން ކަންބޮޑުނުވުމަށ،ް މިވަގުތު އެގައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ވަގުތީ ބޮޑުވަޒީރު ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެގައުމުގެ ސިފައިންނާއި ފުލުހުން ސެކިއުރިޓީ ބެލެހެޓުމާއި ހަވާލުވެފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ބަޑީގެ ހަމަލާއެއްގައި ހެއިޓީގެ ރައީސް އަވަހާރަ ކޮށްލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.