އެނބޫ: ކުޑަހުތްކަމެއް ހުއްޓަސް ލިބޭ ފައިދާ ގިނަ..

އެނބޫ އަކީ ކުޑަވަރެއްގެ ހުތްކަމެއް ހުންނަ މޭވާއެއް ނަމަވެސް ފައިދާތަކެއްވެސް ލިއްބައިދޭ މޭވާ އެކެވެ.  މޭވާއެއްގެ ގޮތުގަޔާއި ޖެލީ، ޖޭމް، އަދި ސަރުބަތުގެ ގޮތުގައި ތައްޔާރު ކޮށްގެނ ވެސް ބޭނުންކޮށް އުޅޭ މި މޭވާ ދޮންވީމާ ހުންނަނީ ރީނދޫ ކުލައިގައެވެ.

ޢާންމު ގޮތެއްގައި އެނބޫ ކައި އުޅެނީ އޭގެ ބޭރުގައި ހުންނަ ތޮށި ފަށަލަ އެވެ. އޮށުގެ ގޮތުގައި ހިމެނޭ ބައި ބޮޑު މި މޭވާ އަކީ ވިޓަމިން ސީ ވަރަށް ގިނައިން ހުންނަ މޭވާއެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު Below Header ad

ކުރިންވެސް ބުނިހެން އެނބޫ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާއަކަށް ވާތީ، ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދިނުމާއި ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ. އަދި  ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށްދީ ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމާއެކު ކެންސަރުން ޙިމާޔަތްކޮށްދޭ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށްދީ ފާރުގަނޑު އަވަހަށް ފަސޭހަވުންވެސް ހިމެނެއެވެ.

އެނބޫއަކީ ކެލްސިއަމްވެސް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ކެލްސިއަމް ގިނަވުމަކި ކަށިތައް ވަރުގަދަވެ، ކަށިތަކުގެ މަސައްކަތް ހަލުވިކޮށްދޭ ކަމެކެވެ. އަދި މިއީ ޢުމުރުން ދުވަސްވުމުން އިއްދައިން ކެނޑިފައިވާ އަންހެނުންނަށް ދިމާވާ ކަށިފީވުމުގެ މައްސަލައިން މިންޖުކޮށްދިނުމަށް އެހީވެދޭ މާއްދާއެއްވެސް މެއެވެ.

ޓްރައިޕެނަސޯމާ އާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެނބޫގައި ހިމެނޭ އިރު، ނައިޖީރިޔާގައި މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެނބޫގަހުގެ މުލުގެ ތޮށި މުގުރައި ޗިސްކޮށްގެން އެއިން އުފެދޭ “އެކްސްޓްރެކްޓް” ބޭނުންކޮށްގެން ޕެރަސައިޓްގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ “ޓްރައިޕެނެސޯމޯސިސް”(Trypanosomosis) ކިޔާ ބައްޔަކަށް ފަރުވާ ކުރެވެއެވެ.

މިބުނި އެކްސްޓްރެކްޓްގައި ޓްރައިޕެނަސޯމާ ޕެރަސައިޓް މަރާލުމުގެ ޤާބިލިއްޔަތު އެކުލެވޭ ކަމަށާއި މިދެންނެވި ބާރު އެއެކްސްޓްރެކްޓްގައި ހުންނަނީ އޭގައި އެކުލެވޭ ފްލޭވޮނޮއިޑްގެ ސަބަބަބުން ކަމަށް އެދިރާސާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ނެމީބިއާގައި ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަނގައިގާ ހުދުމާއެޅުން ނުވަތަ އަނގައިގާ ފަންގަސް އިންފެކްޝަން އަށަގަތުމާއި ހާރޕީޒް ޒޯސްޓަރ، ހާރޕީޒް ސިމްޕްލެކްސް ފަދަ ހަމުގެ މައްސަލަތަކަށް ފަރުވާކުރުމަށް އެނބޫގަހުގެ ބައިތައް (ފަތް، މޫ، ތޮށި، މޭވާ) ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ހަންގަނޑުގައި ނަގާ ބިއްސާއި ދަތުގައި ރިހުން ފަދަ ކަންކަމަށްވެސް އެނބޫގަހުގެ ބައިތަށް ބޭނުންކޮށްގެން ފަރުވާކޮށްފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އެނބޫއިން ލިބޭ ބައެއް އެހެނިހެން ފައިދާތަކުގެ ތެރޭގައި  ބަނޑުގައި ރިހުން، ދަތްހެލުން، އަނގަފާރު ފަދަ ކަންތައްތަކަށް އެނބޫގަހުގެ މޫ ފަރުވާގެ ގޮތުގައި ބޭނުންކޮށް އުޅެއެވެ. އަދި ބަނޑުހިކުމުގެ މައްސަލައިން ދުރުވެ ހުރުމަށާއި ބަނޑު ސާފުކޮށް ދިނުމަށްވެސް ބޭނުން ކުރެވެއެވެ.

މިއީ ޓޮނިކެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން އެސްޓްރިންޖެންޓެއްގެ ގޮތުގައި ބޭނުންކުރާ މޭވާއަކަށްވާ އިރު،  ބޭރަށްހިންގުމާއި ސިކުނޑީގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުމާއި ކެއްސުން ބައްޔަށް ފަރުވާކުރުމަށް ބޭނުންކޮށްފައިވާ ކަމަށްވެސް ދިރާސާތަކުން ވަނީ ދައްކާފައެވެ.

ދިވެހި ނަން : އެނބޫ
އިގިރޭސި ނަން : Yellow Plum / Wild Apricot
ޢިލްމީ ނަން : Ximenia Americana

ކޮންމެ 100 ގްރާމް ގައިލޮނުގެ ބާވަތްތައްކޮންމެ 100 ގްރާމް ގައިއަސާސީ މާއްދާތައް
14 މިލިގްރާމްސޯޑިއަމް34.4 ކިލޯކެލަރީހަކަތަ
570 މިލިގްރާމްޕޮޓޭސިއަމް0 ގްރާމްކާބޯހައިޑްރޭޓް
ކޮންމެ 100 ގްރާމް ގައިމަޢުދަންތައް2.7 ގްރާމްޕްރޮޓީން
4 މިލިގްރާމްކެލްސިއަމް0.9 ގްރާމްފެޓް
0.4 މައިކްރޯގްރާމްކޮޕަރ8.1 ގްރާމްފައިބަރު
0.7 މިލިގްރާމްދަނގަޑުކޮންމެ 100 ގްރާމް ގައިވިޓަމިންތައް
16 މިލިގްރާމްމެގްނީޒިއަމްފޮލިކް އެސިޑް
މެންގަނީޒް0.5 މިލިގްރާމްނިއެސިން
ފޮސްފަރަސްޕެންތޮނިކްއެސިޑް
ސިލެނިއަމްޕައިރިޑޮކްސިން
0.3 މިލިގްރާމްޒިންކްރައިބޯފްލެވިން

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.