ވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި

ރެވެނިއު ސްޓޭމްޕު ޖެހުމުގެ ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވޯޓުދިން 44 މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ. އަދި މިގޮތަށް ފާސްކުރީ އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާ ލުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކޮށް ނިންމިގޮތަށެވެ.

އިޝްތިހާރު Below Header ad

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމު މި ބިލު ހުށަހެޅުއްވީ ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު، ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވާތީ އެވެ. އަދި ރެވެނިއު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދެމުން އަންނަ އެކިއެކި ޚިދުމަތްތަކަށް ނަގާ ފީއާއި އެނޫންވެސް ފައިސާގެ ޒަރީއާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމުގައިވާތީ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކުން ޚިދުމަތް ހޯދުމުގައި ދައްކަންޖެހޭ ފީއާއި އެހެން ފައިސާގެ އިތުރުން ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުގެސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހޭކަަމަށްވެސް އަލީ އާޒިމްގެ ބިލުގައި ބުނެފައި ވެއެވެ.

އެހެންކަމުން ރާއްޖޭގައި ވިޔަފާރިކުރުމަށް އޮތް ފުރުޞަތުތައް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ކަނޑައަޅާފައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު އުވާލުމަށް ނިންމެވީކަމަށްވެސް ބިލުގައި ވެއެވެ.

ރެވެނިޔު ސްޓެމްޕުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާ އިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރެވެނިޔު ސްޓޭމްޕް ވިއްކައިގެން ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 3.9 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިއަހަރުވެސް 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައި ވެއެވެ. އަދި ރެވެނިއު ސްޓޭމްޕު ޕްރިންޓްކުރުމަށް 547228 ރުފިޔާ ޚަރަދުވިކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ރެވެނިއު ސްޓޭމްޕު ޖެހުން އުވާލުމަށް ބިލު ހުށައަޅުއްވާ ކޮމިޓީން ފާސްކޮށްފައިވާއިރު، މިވަގުތު ރާއްޖޭގައި ޕްރިންޓްކޮށްފައިހުރި ރެވެނިޔު ސްޓެމްޕުގެ ޢަދަދުތައްވެސް ހިމަނާފައިވެއެވެ. އެގޮތުން 10 ލާރީގެ ސްޓޭމްޕުން ފެށިގެން 10000 ރުފިޔާގެ ސްޓެމްޕާއި ހަމައަށް އެކި އަގުތަކުގެ ޖުމްލަ 13 ސްޓޭމްޕެއް ޕްރިންޓްކޮށްފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ގާތްގަނޑަކަށް 460000 ސްޓޭމްޕް ސްޓޮކްގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޕްރިންޓްކޮށްފައި ހުރީ 10 ރުފިޔާގެ ސްޓެމްޕާއި 100 ރުފިޔާގެ ސްޓޭމްޕެވެ. އެގޮތުން 10 ރުފިޔާގެ 92652 ސްޓޮކްގައި އެބަހުއްޓެވެ. އަދި 100 ރުފިޔާގެ 111641 ސްޓޭމް ސްޓޮކްގައި އެބަހުއްޓެވެ.

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ޤާނޫނުގެ ދަށުން 1970ވަނަ އަހަރުން ފެށިގެން އަންނަނީ ރެވެނިޔު ސްޓޭމްޕު ޖަހަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.