އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކުން މާދަމާ ޚިދުމަތް ދެނީ!

އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ކައުންޓަރުތަކުން މާދަމާ ޚިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މާލެއިން މަޢުލޫމާތު ހޯދުމަށް ކައުންޓަރުތައް ހެނދުނު 8:30 އިން ހަވީރު 16:00 އަށް ހުޅުވައި، ޚިދުމަތް ދޭނެ ކަމަށެވެ. އަދި ހުޅުމާލެއިން މަޢުލޫމާތު ހޯދުމަށް ކައުންޓަރުތައް ހެނދުނު 8:30 އިން ހަވީރު 4:00 އަށް ހުޅުވާނެ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މީގެ އިތުރުން ހެނދުނު 8:30 އިން ހަވީރު 3:00 އަށް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

“ހުރިހާ އޮންލައިން ޚިދުމަތެއް ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ. އަދި ބިލް ކަލެކްޝަން އައުޓްލެޓުތަކުން ބިލަށް ފައިސާ ދެއްކުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެ.” އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އިމަރޖެންސީ ކަންކަމުގައި ހޮޓްލައިން ނަންބަރު 105 ގެ ޚިދުމަތަށް އަދި ޢާންމު މައުލޫމާތު ހޯދުމަށް 3323209 ނަމްބަަރަށް ގުޅުއްވުމަށް އެދޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.