ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މަޖިލީހުން ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހުގެ ދަށުން، މަޖިލީހުގެ މެންބަރަކު އިންތިހާބުވުމަށްފަހު އިންތިހާބުވީއިރު އެ މެންބަރު ހުރި ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ އެ ޕާޓީން އެ މެންބަރު ވަކިކޮށްފިނަމަ އޭނާގެ ގޮނޑި ގެއްލޭނެ އެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމުގައި ވިދާޅުވެ، ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށެހެޅީ، ކެންދޫ ދާއިރާގެ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލީ ހުސައިނެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުالله ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، އެންޓި-ޑިފެކްޝަން އުސޫލަކީ ހަމައެކަނި ބަރުލަމާނީ ނިޒާމަށް އޮތް ކަމެއް ނޫން ކަމަށާއި، ރާއްޖެ ފަދަ ރިޔާސީ ނިޒާމެއްގެ ސިފަތައް ހުރި ޤައުމުތަކުގައިވެސް އެ އުސޫލަށް އަމަލުކުރެވެމުން އަންނަކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބައިބައިވުން ކުޑަކުރުމަށް މިފަދަ ފިޔަވަޅުތައް އެކި ޤައުމުތަކުގައި އަޅާކަންވެސް ފާހަގަކުރެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.