ޚަބަރު ފީތާ

ދަރިވަރުން ބައު ޓެކްސްޓް ފޮތް ދޫކުރުން، ހައްލު ނުވި މައްސަލައެއް!

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ އިރު، މި ފަހަކަށް އައިސް އެންމެބޮޑަށް ވައިގާ ހިފާ މައްސަލައަކީ ބޭނުންކޮށް، ބައު ވެފައި ހުންނަ ޓެކްސްޓް ފޮތްތައް ދަރިވަރުންނަށް ލިބޭ ވާހަކަ އެވެ.

އެގޮތުން މިއަހަރުވެސް މިވަނީ އެ ވާހަކަ ފެންމަތިވެފަ އެވެ. އަދި އެ ފަދަ ފޮތްތަކެއް ލިބުނު ބެލެނިވެރިން ވަނީ އެޓޯލް ނިއުސް އަށް އެ ފޮތްތައް ދައްކާލާފަ އެވެ.

އެ ބެލްނިވެރިން ބުނީ ބޭނުންކޮށްފައި ހުންނަ ޓެކްސްޓް ފޮތްތައް އަލުން ބޭނުން ކުރުމަކީ ރަނގަޅު އާދައެކެވެ. ކުދިންގެ ތަޢުލީމީ ހަޔާތް ނިންމާ، މަސައްކަތިގެ މައިދާނަށް ނުކުންނަ އިރު، އަށަގެންނެވުން ވަރަށް ރަނގަޅު އާދަ އެކެވެ.

ނަމަވެސް އެ ފޮތްތައް ދޫކުރާ އިރު، ނުވަތަ ބެލެނިވެރިންނާ ހަވާލުކުރާ އިރު، ބަލަންޖެހޭ ކަންތައްތައް ވެސް ހުންނާނެ އެވެ. އެގޮތުން އެ ފޮތް މީގެ ކުރިން ބޭނުން ކޮށްފައިވާ އިރު، ދެވަނަ ފަހަރަށް އެ ފޮތުގެ ބޭނުން ކުރެވޭނީ ކިހާވަރަކަށްކަން ކަމާއިބެހޭ ފަރާތްތަކުން ބަލަން ޖެހެއެވެ.

އެކަމަކު މިއަހަރު ބައެއް ދަރިވަރުންނަށް ދޫކޮށްފައިވާ ފޮތްތަކަކީ ދެވަނަ ފަހަރަށް، އެންމެ މަސް ދުވަހަކު ވެސް ބޭނުން ކުރެވޭނެ ފޮތްތައް ކަމާއިމެދު ޝައްކު ކަމަށް ބެލެނިވެރިން ވަނީ ބުނެފަ އެވެ.

“މިފަހަރު އަޅުގަނޑުމެންނަށް ލިބުނީ ހަލާކުވެފަ ހުރި ފޮތް. ދެން ބުނީ ރަނގަޅަަށް ބަަލައިގެން ގެންގުޅޭށޭ. މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ފޮތްތައް ގެންގުުނީީ ވަރަށް ރީތިކޮށް. އަދި އެ ފޮތްތައް ހުންނާނީ ވެސް ފަހާފަ. އެކަމަކު ނިކަން ބައްލަވާ މިފަހަރު އަޅުގަނޑުމެންނަށް ލިބުނު ފޮތްތައް. މިފޮތްތައް ފަހައިގެން ވެސް ބޭނުން ކުރަން ކަމަކު ނުދާނެ.” ބެލެނިވެރިއަކު އެޓޯލް ނިއުސްއަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ މިއީ ވަރަށް ދެރަކަންކަން ކަމަށާއި ބައެއް ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް މިކަހަލަ ނޭދެވޭ އާދަތައް ފެނުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން އެއްއަހަރު ދަރިވަރުން ބޭނުންކޮށްފައި ހުންނަ ޓެކްސްޓް ފޮތްތައް، ޖެހިގެން އަންނައަހަރު އެހެން ދަރިވަރުން ބޭނުންކުރަން ފެށުމާއެކު މި މައްސަލަ އަންނަނީ ފެންމަތިވަމުން ނެވެ.

މީގައި އެންމެ ރަނގަޅުގޮތަކީ، ފޮތްތައް އަނބުރާ ބަލައިގަންނަ އިރު، ކަމާއިބެހޭ އިދާރާ އިން ރަނގަޅަށް ބަލައި، ޗެކް ކުރުމެވެ. ކޮންމެހެން ބެލެނިވެރިން ކުށްވެރިކޮށް، ޖޫރިމަނާކުރުމެއް ވެސް ނޫނެވެ.

އަދުގެ ކިޔަވާކުދިން، މާދަމާގެ ބޮޑެތި މީހުންނަށް ރިވެތި އާދަތައް ދަސްކޮށްދީ، އެއްފަހަރު ބޭނުންކޮށްފައި ހުންނަތަކެތި ދެވަނަ ފަހަރަށް ބޭނުންކުރުމުގެ އާދަ އަށަގެންނެވުމަށެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "ދަރިވަރުން ބައު ޓެކްސްޓް ފޮތް ދޫކުރުން، ހައްލު ނުވި މައްސަލައެއް!"

  1. ކެލާ ވަޙީދު | ޖުލައި 3, 2021 at 20:21 |

    ބައު ޓެކްސްޓް ފޮތެއް ނޫނެވެ. ފޮތް ތައްޔާރުކޮށްފައިހުރިގޮތުން މުޅިން އާ ފޮތްފޮތުގެ ގަނޑުތައް ނެއްޓޭކަށްވެސް ހަފްތާއެއް ނުވާނެއެވެ. މިކަމުގެ ޙައްލަކީ ފޮތަށް ބޮޑު ހީރަސް ޖެހުމެވެ. އެގޮތަށް ހީރަސް ނުޖަހާ 1 އަހަރުވަންދެން ގެންގުޅޭފޮތް، 2 ވަނަ އަހަރު ގެންގުޅެވޭ ވަރެއް ނުވާނެއެވެ. މިއީ ފޮތް ތައްޔާރުކުރުމުގެ މައްސަލައެކެވެ. އަދި ފުރަތަމަ އަހަރު ފޮތް ގެންގުޅުނު ދަރިވަރުގެ (އަދި އޭނާގެ ބެލެނިވެރިޔާގެ) މައްސަލައެކެވެ.
    ފޮޓޯ ބައްލަވާލެއްވީމާ މި ދަންނަވާ ވާހަކަ ކިތަންމެ ރަނގަޅަކަށްވެސް ސާފުވެލައްވާނެއެވެ.
    ޚަބަރުގެ ސުރުޚީގައި ލިޔުންތެރިޔާ އިޝާރާތްކުރައްވާފައިވާ “ބައު ފޮތެއް” ނޫނެވެ.

Comments are closed.

%d bloggers like this: