ޚަބަރު ފީތާ

ޔޫރޯ 2020 ކުއާޓާ ފައިނަލް: ޗެކް ރިޕަބްލިކް – ޑެންމާކް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ހުކުރު ދުވަހުގެރޭ ފެށިއިރު، މިހާތަނަށް ކުއާޓާ ފައިނަލުގެ ދެ މެޗެއް ވަނީ ކުޅެވިފައެވެ. އެއީ ސްވިޒަލެންޑާއި ސްޕެއިން ބައްދަލުކުރި މެޗާއި އިޓަލީ އަދި ބެލްޖިއަމް ބައްދަލުކުރި މެޗެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެމެޗު މިރޭ ކުޅޭވޭއިރު، މިރޭ ރާއްޖޭގަޑިން 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޑެންމާކާއި ޗެކް ރިޕަބްލިކްއެވެ. މިއީ ކުއާޓާ ފައިނަލުގެ ތިންވަނަ މެޗެވެ.

ކުއާޓާގެ ތިންވަނަ މެޗުގައި ޗެކް ރިބަޕްލިކާއި ޑެންމާކް ބައްދަލުކުރާއިރު، މި މެޗަކީވެސް ވަރަށް ފޯރިގަދަވާނެ އަދި ގިނަ މީހުން ބަލާހިތްވާ މެޗަކަށް ވެގެންދާނެއެވެ.

މުބާރާތުގެ ކުއާޓާއަށް ޗެކް ރިޕަބްލިކް ދަތުރުކުރީ ދެވަނަ ބުރުގައި ވަރުގަދަ ނެދަލެންޑްސް ބަލިކުރުމަށްފަހުއެވެ. އެޓީމުން ނެދަލެންޑްސް ބަލިކުރީ 0-2 ގެ ނަތީޖާއިންނެވެ. މީގެ އިތުރުން ޑެންމާކް ކުއާޓާއަށް ދަތުރުކުރީ ވޭލްސް ކަޓުވާލުމަށްފަހުއެވެ. ޑެންމާކުން ވޭލްސް ބަލުކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ދެޓީމުންވެސް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށްވެ ނިމިފައިވާއިރު، ޗެކް ރިޕަބްލިކަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމުގައި އަނިޔާގެ މައްސަލައެއްވެސް އަދި ސަސްޕެންޝަނުގެ މައްސަލައެއްވެސް ނެތުމެވެ. އެގޮތުން މިރޭގެ ކުއާޓާ ފައިނަލް މެޗަށް ނިކުންނައިރު ޗެކް ރިޕަބްލިކްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓްކޮށް ކަމަށް އެޓީމުން ބުނެއެވެ.

އަނެއް ކޮޅުން ޗެކް ރިޕަބްލިކްއާއި ދެކޮޅަށް ނިކުންނައިރު ޑެންމާކަށް އޮތް ހިތްނުތަނަވަސް ކަމަކީ އެޓީމުގެ ބައެއް މުހިންމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެ މިރޭ ޗެކް ރިޕަބްލިކާއި ދެކޮޅަށް ކުޅޭ މެޗަށް އެ ކުޅުންތެރިން ފިޓް ނުވެދާނެ ކަމުގެ ބިރު އޮތުމެވެ. އެހެން ނަމަވެސް މިކުޅުންތެރިން މިރޭގެ މެޗުން ފެނުމުގެ ފުރުސަތު އެބައޮތްކަމަށް އެ ޓީމުން ބުނެއެވެ.

މިރޭ ޗެކް ރިޕަބްލިކާއި ދެކޮޅަށް ޑެންމާކުން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ކީޕަރުން: ކެޝްޕާ ޝްމައިކަލް، ކްރިސްޓެންސަން، ކިއޭ، ޔެނިކް ވެސްޓެގާޑް، ވާސް، ހޮއިބިއާ، ތޯމަސް ޑެލަނީ، ޔަކީމް މައޭލީ، ބްރެއިތްވެއިޓް، ޑޯލްބާގް، ޑަމްސްގާޑް.

މިރޭ ޑެންމާކާއި ދެކޮޅަށް ޗެކް ރިބަޕްލިކުން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ތޯމަސް ވަސްލިކް، ވްލަޑިމީރް ސޫފާލް، ސެލޫސްކާ، ކަލަސް، ބޮރިލް، ހޯލްސް، ސޫޝެކް، މަސޮޕުސްޓް، ބަރަކް، ސެވްޝްސިކް، ޕެޓްރިކް ޝިކް.

އިޓަލީއާއި ބެލްޖިއަމްގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު މީގެ ކުރިން މި ދެޓީމު 11 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެތެރެއިން ޗެކް ރިޕަބްލިކް 10 ފަހަރު މޮޅުވެފައިވާއިރު، ޑެންމާކް މޮޅުވެފައިވަނީ އަށް ފަހަރުއެވެ. ހަ މެޗު އެއްވަރުވެފައިވެއެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު 1-1 އިން ވީއެއްވަރެވެ.

ދެންމާކާއި ޗެކް ރިޕަބްލިކް ވާދަކުރާ މި ވަރުގަދަ ކުރިމަތިލުން ފެށޭނީ މިރޭ 9 ޖަހާއިރުގައެވެ. މި މެޗު ކުޅޭނީ އަޒަބައިޖާނުގެ ވެރިރަށް ބަކޫގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: