ރައީސް ނަޝީދު އިތުރު ފަރުވާއަށް ޔޫކޭއަށް!

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެއްވުމަށް ޔޫކޭއަށް ވަޑައިގެންފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ޔޫކޭއަށް މި ވަޑައިގެންނެވީ ޖަރުމަނުގައި އެމަނިކުފާނަށް ފަރުވާދެއްވި ޖަރުމަނުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ނެވެ.

އިޝްތިހާރު Below Header ad

މި ދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އެންމެފުތަމަ ފަރުވާ ހޯއްދެވީ ރާއްޖޭގެ އޭޑީކޭ ހޮސްޕިޓަލުުން ނެވެ. އެ ހޮސްޕިޓަލުގައި 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރުމަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތީ މެއި 13، 2021 ގަ އެވެ.

ޖަރުމަނުގައި އެމަިނުފާނު ވަނީ ފައިންޕުޅަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ދެ އޮޕަރޭޝަނެއް ކުރައްވާފަ އެވެ. އަދި ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތައް ފަސޭހަވަމުން އަންނަކަމަށް ބުނެ އާއިލާއިން ވަނީ އެމަނިކުފާނުގެ ފޮޓޯއެއް ވެސް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފަ އެވެ.

ނަޝީދުއަށް ލިބިވަޑައިގެންފައި ވާ އިތުރު އަނިޔާތަކުގެ ތެރޭގައި ފަލަ ގޮހޮރުގެ 2 ތަނަކުން ލޯވަޅު އެޅިފައިވާ ކަމަށާއި، އަދި މައިދާވެސް ފޫއަޅާފައި ވާކަމަށް ޑރ. ވިދާޅުވި އެވެ.

މީގެ އިތުރުން ރޭޒާ ފުއް ވާއަތުގެ އުޅަނބޮށި ހުޅާއި އަދި ވާއަތު ފައިގެ ކަކުލު ހުޅާ ދިމާލަށް ވަނީ ވަދެފަ އެވެ. އަދި ހަށިގަނޑުގެ 8 ދިމާއަކަށް ރޭޒާފުއް ވަދެ ޒަޚަމްވެފައިވާކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.