
ޔޫރޯ 2020 ކުއާޓާ ފައިނަލް: ސްޕެއިން – ސްވިޒަލެންޑް
ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ނިމި ކުއާޓަރ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާ އިރު، މި މުބާރާތުގެ ކުއާޓަރ ފައިނަލްފެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެ އެވެ.
އެގޮތުން ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ބައްދަލުކުރާނީ ސްވިޒަލެންޑާއި ސްޕެއިންއެވެ.
މި މުބާރާތުގެ ކުއާޓަރގެ ފުރަތަމަ މެޗުގައި ސްވިޓްޒަލެންޑާއި ސްޕެއިން ބައްދަލުކުރާ އިރު، މުބާރާތުގެ ކުއާޓަރ ފައިނަލަށް ސްވިޓްޒަލެންޑް ދަތުރުކުރީ ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަށްފަހު އެވެ. ސްޕެއިން ދެވަނަ ބުރަށް ދަތުރުކުރީ އެންމެ ފަހުގެ ފީފާ ވަރލްޑް ކަޕުގެ ރަނަރަޕް ޓީމު ކަމަށްވާ ކްރޮއޭޝިއާ ކަޓުވާލުމަށްފަހު އެވެ.
ސްޕެއިން އާއި ސްވިޒަލެންޑް މިރޭގެ މެޗަށް ނިކުންނައިރު، ދެޓީމުންވެސް ވަނީ މިރޭގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
އެހެން ނަމަވެސް މިރޭގެ މެޗަށް ނިކުންނައިރު، ސްވިޒަލެންޑަށް އޮތް އެންމެ ބޮޑު ހިތްހަމަ ނުޖެހުނަކީ އެޓީމުގެ ކެޕްޓަން ގްރަނިޓް ޒަކާއަށް މިރޭގެ މެޗުގައި ނުކުޅެވުމެވެ. ޒަކާއަށް މިރޭގެ މެޗުގައި ނުކުޅެވެނީ ދެ ރީނދޫ ކާޑު ހަމަވެ، ސަސްޕެންޑް ވުމާއި ގުޅިގެން ނެވެ.
ސްޕެއިން މިރޭގެ މެޗަށް ނިކުންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެޓީމުގައި އަނިޔާގެ މައްސަލައެއްވެސް އަދި ސަސްޕެންޝަނުގެ މައްސަލައެއް ވެސް ނެތުމެވެ.
ސްވިޒަލެންޑުުން މިރޭ ނެރޭނެ ކަމަށް ބެލެވޭ ފުރަތަ 11 ކުޅުންތެރިން:
ގޯލް ކީޕަރު ޔަން ސޮމާ، އެލެވެޑީ، ރޮޑްރިގޭޒް، އަކަންޖީ، ވިޑްމާ، ފްރެއުލާ، ޒަލަރިޔާ، ޒޫބާ، ޝަގީރީ، އެމްބޯލޯ، ސެފެރަވިޗް.
ސްޕެއިނުން މިރޭ ނެރޭނެ ކަމަށް ބެލެވޭ ފުރަތަ 11 ކުޅުންތެރިން:
ގޯލް ކީޕަރ ސިމޮން، އަޒްޕްލިކުއެޓާ، ގާސިއާ، ލަޕޯޓޭ، އަލަބާ، ކޮކޭ، ސާޖިއޯ ބުސްކެޓް، ޕެެޑްރީ، ސަރަބިއާ، މޮރާޓާ، ފެރާން ޓޮރޭސް.
ސްވިޒަލެންޑް އާއި ސްޕެއިންގެ ތާރީޚީ ކުރިމަތިލުންތައް:
މި ދެޓީމު މީގެ ކުރިން 22 ފަހަރު ބައްދަލުކޮށްފައި ވެއެވެ. އޭގެ ތެރެއިން 16 ފަހަރު ސްޕެއިން މޮޅުވެފައިވާއިރު، ސް ވިޒަލެންޑް މޮޅުވެފައިވަނީ އެންމެ ދެ ފަހަރު އެވެ. ފަސް މެޗު ވަނީ އެއްވަރުވެފަ އެވެ.
އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޭޝަންސް ލީގުގަ އެވެ. އެ މެޗު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.