
ކަރަންޓީންގައި ތިބި ކޮވިޑް ޖެހުނުތާ 60 ދުވަސް ނުވާ މީހުން ވީއްލަން ކައުންސިލްތަކަށް އަންގައިފި
އަތޮޅުތެރޭގެ ރަށްތަކުގައި ކަރަންޓިން ވެގެންތިބި މީހުންގެ ތެރެއިން ކޮވިޑް ޖެހުނުތާ60 ދުވަސް ނުވާ މީހުން ކަރަންޓީނުން ވީއްލަން ކައުންސިލްތަކަށް އަންގައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި ލުއިތަކުގެ ތެރޭގައި ބަލި ޖެހުނުތާ60 ދުވަސް ނުވާ މީހުންނަށް ކަރަންޓީންވުމަކައި ނުލާ އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެ ނިިންމުމަށް އަމަލު ކުރަން ފަށާފައިވަނީ މިއަދުު އެވެ.
އެޗްޕީއޭއިން ރަށު ކައުންސިލް އިދާރާތަކަށް އަންގާފައިވަނީ މިހާޜު ހޯމް ކަރަންރީންގައި ތިބި މީހުންގެ ތެރެއިން ބަލި ޖެހުނުތާ60 ދުވަސް ނުވާ މީހުން ކަރަންޓީނުން ވީއްލުމަށެވެ. އަދި އެފަދަ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް އިދާރާއަށް ޕޮސިޓިވްވި ކަމުގެ ލިޔުން ފޮނުވުމުން ކަރަންޓީނުން ވީއްލުމުގެ އިންތިޒާމް ހަމަޖެނޭ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ކޮވިޑާއި ގުޅިގެން ދިން މި ލުޔާއި ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެއީ އެންމެ ފަހުން ލުއި ދިން މީހުންގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި މީހުންނަށް އެއްވެސް ލުޔެއް ދީފައި ނުވާތީ އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ދަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންވެ ގިނަ ލުއިތަކެއް މިއަދުން ފެށިގެން ދީފައިވެ އެވެ.
އޭގެ ތެރޭގައި މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި، މާލޭގެ ކާފިއު ވަގުތު ކުޑަ ކުރުން ހިމެނެ އެވެ.