ސަބްސިޑީއަށް ކުރި ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ޚަރަދެއް ތެލާއި ކަރަންޓު އަގުބޮޑުވިޔަނުދީ ހިފެހެއްޓުމަށް

އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މިފަދަ ތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް ހުންނަނީ ކޮންޓްރޯލްކޮށްފައެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ.

މިގޮތުން ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަ 2026 ވަނަ އަހަރު 3.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރު ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 އިންސައްތައިގެ އިތުރުވުމެއްކަމަށް މާލީ އިދާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން 16 ޖުލައި 2026 ގެ ނިޔަލަށް އެކުލަވާލައި، އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓްއާ ގުޅިގެން މައުލޫމާތު ދީފައިވަނީ، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. އެގޮތުން، ތެލުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މި އަހަރު ސަބްސިޑީގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ. ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު އިތުރުވެފައި ވަނީ މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ބޮޑުތަނުން އިތުރުވުމުންނެވެ.

ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ވެސް ވަނީ 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ސަބްސިޑީއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

ދަތުރުފަތުރުގެ ސަބްސިޑީއަށް 2025 ވަނަ އަހަރު 128.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، 2026 ވަނަ އަހަރު އެ އަދަދު ވަނީ 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި ކާބޯތަކެތީގެ ސަބްސިޑީއަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

މިދާއިރާތަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ޚަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު ސަބްސިޑީއަށް ކުރި މުޅި ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލާއި ކަރަންޓުގެ ސަބްސިޑީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.