
އުތީމު ކައުންސިލްގެ މެމްބަރުންނާއި އިސްލާމިކް މިނިސްޓަރ ބައްދަލު ކުރައްވައިފި
ހއ. އުތީމު ކައުންސިލްގެ މެމްބަރުންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ އޮންލައިންކޮށް މިއަދު އެވެ.
ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އުތީމުގައިހުރި ބަންޑާރަ މިސްކިތް މަރާމާތު ކުރުމާއި ގުޅޭގޮތުން ނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ޢަބްދުލް ޢަޒީޒް އިސްމާޢިލް ބައިވެރިވެ ވަޑައިގެންނެވި އެވެ.