އަންނަ ޖުލައި މަހު 2 ލައްކަ ޑޯޒު ވެކްސިން ރާއްޖެއަށް ލިބޭނެ: ހެލްތު މިނިސްޓަރ

އަންނަ ޖުލައި މަހު 2 ލައްކަ ޑޯޒު ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމު ވިދާޅުވީ ޖުލައި މަހުގެ 12 ވަނަ ދުވަހާއި 15 ދުވަހާއި ދޭތެރޭގެ މުއްދަތެއްގައި އެސްޓްރާޒެނެކާ ވެކްސިންގެ 2 ލައްކަ ޑޯޒު ވެކްސިން ރާއްޖެއަށް ލިބޭނެ ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެހެންނަމަވެސް ވެކްސިން ލިބޭނެ ވަކި ތާރީޚެއް އަދި ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ ރަޝިއާގެ ސްޕަޓްނިކް ވެކްސިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރަޝިއާގެ ކުންފުންޏަކާއެކު މިހާރު ނޮންޑިސްކްލޯޒަރ އެގްރިމަންޓް ނުވަތަ ސިއްރު ހިފެހެއްޓުމުގެ ޚާއްސަ އެއްބަސްވުމެއް އެކުލަވާލާ، މުހިއްމު ބައެއް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ވަރަށް އަވަހަށް ވެކްސިން ގަތުމަށް ރަސްމީ އެއްބަސްވުމަކާ ހަމައަށް އާދެވޭނެ ކަމަށާއި އެމެރިކާއިންވެސް ރާއްޖެއަށް ވެކްސިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރ ނަސީމު ވަނީ ވިދާޅުވެފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އެސްޓްރާޒެނެކާ، ކޮވިޝީލްޑް، ސިނޯފާމް، ފައިޒާ، ސްޕަޓްނި، މޮޑާނާ އަދި ޖެންސެން ވެކްސިނެވެ.

މުޅި ދުނިޔެއަށްވެސް އެންމެ ބޮޑު ޑިމާންޑެއް މިވަގުތު އޮތް ކޯވިޑް ވެކްސިން ހޯދުމަށް ރާއްޖެއިން އަންނަނީ ޑަބްލިއުއެޗްއޯއާއި އަދި އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެން މަސައްކަތްކުރަމުން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. thiya vaccine jehiyekiyafa libeyluieh nei konmefaharaku vaccine jahanveema luidheyneykiyaigen molhuvahakaehnoonthoa thidhakani 2 dose jehimaves veekamakikoba??

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.