މޯލްޑިވްސް ހެލްތު ސަރވިސްގެ ނަމުގައި ޚާއްސަ އިންސްޓިޓިއުޝަނެއް އުފައްދަނީ!

މޯލްޑިވްސް ހެލްތު ސަރވިސްގެ ނަމުގައި ޚާއްސަ އިންސްޓިޓިއުޝަނެއް އުފައްދަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ވިދާޅުވީ މިއީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކާ އުފައްދާ ޚާއްސަ އިންސްޓިޓިއުޝަނެއް ކަމަށެވެ. އަދި މި އިންސްޓިޓުޓް އަންނަ ޖުލައި މަހުގެ ތެރޭގައި އިފްތިތާޙްކުރެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ވިދާޅުވީ ޚިދުމަތްދޭ ފަރާތާއި ރެގިއުލޭޓްކުރާ ފަރާތަކީ އެއް އިދާރާއަކަށްވުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށެވެ. އަދި އަލަށް އެކުލަވާލެވޭ ހެލްތު ސަރވިސްއާއެކު ހެލްތު މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ދޭ ޚިދުމަތްތައް ރެގިއުލޭޓްކޮށް ކޮލިޓީ ކޮންޓްރޯލްކުރުން ކަމަށް ވެސް  މިނިސްޓަރ ވިދާޅުވި އެވެ.

“ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތާއި، ޚިދުމަތް ދެމުންދާ ގޮތް ބަލާ ރެގިއުލޭޓްކުރާ ސަރުކާރުގެ މުއައްސަސާއަކީ ހެލްތު މިނިސްޓްރީގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ސިއްޙީ ޚިދުމަތްދޭ ހުރިހާ އިދާރާއެއް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ. މިއާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ސިއްޙީ ޚިދުމަތްދެމުން ގެންދާނީ މޯލްޑިވްސް ހެލްތު ސަރވިސްގެ ދަށުން.” މިނިސްޓަރ ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.