އިތުރު 178 މީހުންނަށް ކޮވިޑު ޖެހިއްޖެ
ރާއްޖެއިން އިތުރު 178 މީހުންނަށް ކޮވިޑު ޖެހިއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދުގެ އަދަދުތަކުގެ ތެރޭގައި މާލެ ސަރަހައްދުން 43 މީހުންނާއި އަތޮޅުތަކުން 125 މީހުން ހިމެނޭ ކަމަށެވެ. އަދި އޮޕަރޭޝަނަލް ރިސޯޓުތަކުން 7 މީހުންނާއި ތަރައްގީވަމުން އަންނަ ރަށްތަކުން 3 މީހުން ވެސް ހިމެނޭ ކަމަށެވެ.
މިއަދުގެ ޢަދަދާއެކު ރާއްޖެއިން މިވަނީ 73،660 މީހުންނަށް ކޮވިޑު ޖެހިފަ އެވެ. އަދި 210 މީހުން މި ބަލީގައި ރާއްޖެއިން ނިޔާވެފައި ވެއެވެ.
ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 69،623 މީހުން މިބަލިން ރަނގަޅުވެފައިވާ އިރު، 27 މީހަކަށް އަންނަނީ އެނދުމަތިކޮށްގެން ފަރުވާ ދެމުން ނެވެ.
✳️ COVID-19 : Case Updates pic.twitter.com/ccDD5EvyzR
— Health Protection Agency (@HPA_MV) June 29, 2021