ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް އާއިއެކު ކޯޕޮރޭޝަން އެގްރިމަންޓެއްގައި މީރާއިން ސޮއިކޮށްފި

މީރާއިން ޓެކްސް އިންސްޕެކްޓަރސް ވިތައުޓް ބޯޑަރސް (ޓީ.އައި.ޑަބްލިއު.ބީ) އާއިއެކު ކޯޕޮރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފި އެވެ.

މި އެގްރިމަންޓްގެ މަޤުސަދަކީ މީރާގެ ޓެކްސް އޮޑިޓަރުންގެ އޮޑިޓް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ފެށުންކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އިޝްތިހާރު Below Header ad

މިއީ 2 އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށް މީރާއިން ބުނެ އެވެ.

މީރާ އާއި ޓީ.އައި.ޑަބްލިއު.ބީ ގުޅިގެން ވަނީ 2018 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމް ހިންގާފަ އެވެ.

މިގޮތުން، ޓީ.އައި.ޑަބްލިއު.ބީ އާ ގުޅިގެން މި ފަށާ ޕްރޮގްރާމުގެ ދަށުން މީރާގައި މަސައްކަތް ކުރާ ޓެކްސް އޮޑިޓަރުންގެ ފަންނީ ކެޕޭސިޓީ އިތުރުކުރުމަށާއި، ޓޫރިޒަމް ދާއިރާގެ އިންޓަރނޭޝަނަލް ޓެކްސް ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތަކަށް އަލިއަޅުވާލެވިގެންދާނެ ކަމަށް މީރާއިން ބުނެ އެވެ.

މި ޕްރޮޖެކްޓް ފެއްޓުމުގެ ގޮތުން ބޭއްވި ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓީ.އައި.ޑަބްލިއު.ބީގެ ވެރިޔާ މސ. ރުސުދާން ކެމުލެރިއާ ވަނީ މީރާއާއިއެކު ކުރިއަށް ގެންގޮސްފައިވާ ފުރަތަމަ ޕްރޮޖެކްޓްގެ ކާމިޔާބީތަކަށް އަލިއަޅުވާލާފަ އެވެ. އަދި މިއަދު އިފްތިތާހުކުރި ޕްރޮޖެކްޓުން ކުރީގެ ޕްރޮޖެކްޓްގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ހަރުދަނާވެގެންދާނެކަން ފާހަގަކުރެއްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ފަތުހުﷲ ޖަމީލް ވަނީ ޓީ.އައި.ޑަބްލިއު.ބީ އިން އޮގަސްޓް 2018 ގައި ފެށި ޕްރޮޖެކްޓާއެކު ފޯރުކޮށްދެމުން އައި ފަންނީ އެހީތެރިކަން ފާހަގަކުރައްވާ ފައެވެ.

ޓީ.އައި.ޑަބްލިއު.ބީ އާއެކު ކުރިއަށްގެންދިޔަ ފުރަތަމަ ޕްރޮޖެކްޓުގެ ކާމިޔާބީއަށް އަލިއަޅުވާލައި، މި ޕްރޮޖެކްޓްގައި ޓްރާންސްފަރ ޕްރައިޒިންގ މަސައްކަތުގެ އުކުޅުތައް މީރާގެ އޮޑިޓަރުންނަށް އުނގެނިގެންދިޔަކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމިޝަނަރ ޖެނެރަލް ވަނީ މިއަދު އިފްތިތާހްކުރެވުނު ޕްރޮޖެކްޓަގައި މީރާގެ އޮޑިޓަރުންނާއެކު މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ ފަންނީ މާހިރު، މރ. ކޮލިން ހަޗްކިންސް އަށް މަރުހަބާ ދަންނަވާފަ އެވެ.

ޓީ.އައި.ޑަބްލިއު.ބީ އަކީ އޯ.އީ.ސީ.ޑީ އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ޓެކުހާ ގުޅޭ އޮޑިޓްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޢިލްމާއި ހުނަރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފައްޓާފައިވާ ހަރާކާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.