އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް ގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވެއްޖެ

އިންޑިއާ ކަނޑުގައި ހިމެނޭ ޤައުމުތަކުގެ ކަނޑުމަތީ އަސްކަރިއްޔާތަކުން ބައިވެރިވެގެން، މިއަދު ފެށި “އިންޑިއަން އޯޝަން ނޭވަލް ސިމްޕޯޒިއަމް 2021” (އައިއޯންސް) ގައި އެމްއެންޑީއެފް ކޯސްޓްގާޑުން ބައިވެރިވެއްޖެ އެވެ.
މިއަދުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ވާޗުއަލްކޮށް ކުރިއަށްދާ މި ސިމްޕޯޒިއަމްގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވަ އެވެ.
މި ސިމްޕޯޒިއަމްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ “ގްލޯބަލް ކްލައިމެޓް އެންޑް އެންވަޔަރެންމެންޓަލް ރިސްކްސް”، މި މަޢުޟޫގައި މެރިޓައިމް ސެކިއުރިޓީ އެކްސްޕާރޓް ޕެނަލިސްޓެއްގެ ގޮތުގައި ކާނަލް މުޙައްމަދު އިބްރާހިމް، ސިމްޕޯޒިއަމްގެ ބައިވެރިންނާ މުޚާތަބުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މި ސިމްޕޯޒިއަމްއަކީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަން ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އިންޑިއާ ކަނޑާ ގުޅިފައިވާ ޤައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި މެމްބަރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާތަކުގެ އެންމެ އިސްވެރިން ބައިވެރިވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގޮތްތަކެއް ހޯދުމަށް ކޮންމެ ދެ އަހަރަކުން ބާއްވާ ސިމްޕޯޒިއަމްއެކެވެ.
މިއަދު ފެށި ސިމްޕޯޒިއަމްއަކީ، އޭގެ ތެރެއިން މި އަހަރު ބާއްވަން ނިންމާފައިވާ ސިމްޕޯޒިއަމް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.