
ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތައް އިތުރު: އެޗްއާރްސީއެމް
ޤައިދީންގެ ޙައްޤުތައް ނުލިބިގެން ހުށަހަޅާ މައްސަލަތައް އިތުރުކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
ޕީއެސްއެމްގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި އެ ކޮމިޝަނުން ބުނީ މިދިޔައަހަރާއި މިއަހަރުގެ 90 މައްސަލައެއް ބަލަމުންދާ ކަމަށެވެ.
މިގޮތަށް ހުށަހެޅޭ މައްސަލަތަކަކީ ޤައިދީންނަށް ލިބިގެންވާ ސިއްޙީ ޚިދުމަތް ނުލިބުމުގެ މައްސަލަތަކާއި އިނާޔަތްތައް ނުލިބުމުގެ މައްސަލަތައް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން ބުނީ ޖަލުތަކާއި ގުޅޭ 243 މައްސަލައެއް ބަލަމުން އަންނަކަމަށެވެ. އަދި ފައިބެއަހަރު ޖަލުން ހުށަހެޅި 165 މައްސަލައިގެ ތެރޭގައި ބޭސްފަރުވާ އާގުޅުންހުރި 105 މައްސަލަ ވެސް ހިމެނޭ ކަމަށެވެ.
މި އަހަރުގެ މިހައިތަނަށް ޖަލުން ހުށަހެޅުނީ 78 މައްސަލަ ކަމަށާއި އޭގެތެރެއިން 48 މައްސަލައަކީ ބޭސްފަރުވާ އާ ގުޅުންހުރި މައްސަލަތައް ކަމަށް ވެސް އެޗްއާރްސީއެމް އިން ބުންޏެވެ.