ޔޫރޯ 2020 ގަދަ 16: ޔޫކްރެއިން – ސްވިޑެން

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ އެންމެ ފަހު މެޗަކީ ސްވިޑެން އާއި ޔޫކްރޭން މިރޭ ބައްދަލުކުރާ މެޗެވެ. މި މެޗާއި އެކު ހަދަ 16 ގެ މެޗުތައް ކުޅެ ނިމޭނެއެވެ. ސްވިޑެންއާއި ޔޫކްރެއިން ބައްދަލުކުރާ މި މެޗަކީވެސް ބަލާހިތްވާ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.

ޔޫރޯ ގަދަ 16 ވަނަ ބުރުގައި މިރޭ ޔޫކްރެއިން އާއި ސްވިޑެން ބައްދަލަކުރާ މެޗަށް ބަލާއިރު، ސްވިޑެން ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕް އީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ ގުރޫޕުގައި ފުރަތަމަ ސްޕެއިންއާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. އަދި ދެވަނަ މެޗުން ވަނީ ސްލޮވާކިއާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ތިންވަނަ މެޗުގައި ޕޮލެންޑް އަތުން އެ ޓީމު މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ސްވިޑެންއާއި ދެކޮޅަށް ނިކުންނަ ޔޫކްރޭން ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީ ގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ޔޫކްރޭނުން ކުޅުނު ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، ދެވަނަ މެޗުން ވަނީ ނޯތު މެސެޑޯނިއާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު ފަހު މެޗުން ވަނީ އޮސްޓްރިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ސްވިޑެން

ސްވިޑެންއިން މިރޭ ޔޫކްރެއިންނާއި ދެކޮޅަށް ނިކުންނައިރު، އެޓީމުގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަކައެއް ވެސް ނެތެވެ.

މިރޭ ޔޫކްރެއިންއާއި ދެކޮޅަށް ސްވިޑެންއިން ނެރޭނެ ކަމަށް ލަފާކުރެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ އޮލްސެން، ލުސްޓިން، ލިންޑެލޯފް، ޑެނިއެލްސަން، އައުގަސްޓިންސަން، ލާސަން، އެކްޑެލް، އޮލްސަން، ފޮސްބާގް، ކުއަލްސަން، އިސަކް.

ޔޫކްރެއިން

މިރޭ ސްވިޑެންއާއި ދެކޮޅަށް ނިކުންނަ ޔޫކްރެއިން ޓީމަށް ބަލާއިރު، ސަސްޕެންސަނުގެ މައްސަލައެއް ނެތްނަމަވެސް އެޓީމުގައި އަނިޔާގެ މައްސަލަތަކެއް އެބައުޅެއެވެ. އެވޮތުން އެލެކްސަންޑަރ ޒުބްކޯފް، ޑެނިސް ޕޮޕޯފް އަށް އަނިޔާވެ މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.

މިރޭ ސްވިޑެންއާއި ދެކޮޅަށް ޔޫކްރެއިން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރު ހެއޯރައި ބުޝްޗަން، ކަރަވަޔޭވް، މަޓްވިޔެބްކޯ، ޒަބަރުނީ، މައިކަލިޗެންކޯ، ސިޑޮރުޗަކް، ޒިންޗެންކޯ، ޔަމަލެންކޯ، ޔަރެމްޗުކް، ޓެސީހަންކޯފް

ޔޫކްރެއިން އަދި ސްވިޑެންގެ ތާރީޚީ ކުރިމަތިލުންތައް

މި ދެޓީމި މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެތެރެއިން ދެ ފަހަރު ޔޫކްރެއިން މޮޅުވެފައިވާއިރު، ސްވިޑެން މޮޅުވެފައިވަނީ އެންމެ ފަހަރަކު އެވެ. އެއް މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2012 ވަނަ އަހަރުގެ ޔޫރޯ މުބާރަތުގައެވެ. އެފަހަރު 1-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޔޫކްރެއިންއެވެ.

ޔޫކްރެއިން އަދި ސްވިޑެން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.