ޔޫރޯ 2020 ގަދަ 16: ޖާރމަނީ – އިންގްލެންޑް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ކުޅޭ ދެ މެޗާއި އެކު ގަދަ 16 ވަނަ ބުރުގެ ކުޅުން ނިމޭނެއެވެ. މިރޭގެ ދެ މެޗއި އެކު މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް ނިމުމަކަށް އަންނައިރު، މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި ޖާމަނީ އެވެ. މި މެޗަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅޭ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ  މެޗަކަށްވާނެ އެވެ. މިރޭގެ މި ދެޓީމު ބައްދަލުކުރާ މި މެޗަކީ އަވަސް އަދި ރީތި ފުޓްބޯޅައެއް ފެނިގެންދާނެ މެޗެއްކަމުގައި ބެލެވެއެވެ.

ޔޫރޯ މުބާރާތުގެ ދެވަނަބުރަަށް އިންގްލެންޑް ދަތުރުކޮށްފައިވަނީ ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ގްރޫޕް ސްޓޭޖުގައި އިންގްލެންޑް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ދެވަނަބުރު ކަށަވަރުކުރީ ޖުމްލަ ހަތް ޕޮއިންޓު ހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

އަނެއްކޮޅުން ޖާމަނީ ދެވަނަބުރުގެ ޖާގަ ހޯދާފައިވަނީ ގްރޫޕް އެފްގެ ދެވަނަ މަގާމު ހޯދައިގެންނެވެ. އެ ޓީމު ދެވަނަބުރު ކަށަވަރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެ އަދި އެއް މެޗުން ބަލިވެ، ހަތަރު ޕޮއިންޓާއެކު އެވެ.

އިންގްލެންޑް

މިރޭ ޖާމަނީއާއި ދެކޮޅަށް ނިކުންނައިރު، އިންގްލެންޑު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށް އެޓީމުން ބުނެއެވެ. ޓީމުގެ މުހިންމު ކަން ބޮޑު ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މިރޭގެ މެޗަށް ފިޓެވެ. އެހެން ނަމަވެސް މޭސަން މައުންޓް އަދި ބެން ޗިލްވެލްއަށް މިރޭގެ މެޗާއި މެދު ޝައްކެވެ. މި ދެކުޅުންތެރިން މިރޭގެ މެޗަށް ނެގި ފުރަތަމަ އެގާރަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމަނާފައެއް ނުވެއެވެ.

މިރޭ ޖާމަނީއާއި ދެކޮޅަށް އިންގްލެންޑުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ޕިކްފޯޑް، ވޯކާ، ސްޓޯންސް، މަގުއިރޭ، ލުކް ޝޯ، ރައިސް، ފިލިޕްސް، ފޯޑެން، ގްރީލިޝް، ސްޓާލިން، ކޭން.

ޖާރމަނީ

ޖާމަނީ އިން މިރޭ ވަރުގަދަ އިންގްލެންޑާއި ދެކޮޅަށް ނިކުންނައިރު އެޓީމުގައި އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އުޅެއެވެ. އެގޮތުން ލުކަސް ކްލޮސްޓަމަންއަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، އެންޓޯނިއޯ ރޫޑިގާ، ގުންޑޮގާން އަދި ގޯސެންއަށް ވެސް މިރޭގެ މެޗުގައި ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އެއީ މި ކުޅުންތެރިން 100 ޕަސެންޓް ފިޓު ނޫންވީމައެވެ. އެހެން ނަމަވެސް މިރޭގެ ފުރަތަމަ އެގާރައަށް ބަލާއިރު މީގެން ދެ ކުޅުންތެރިންގެ ނަން ވަނީ ހިމަނާފައެވެ. އެއީ ގޮސެން އާއި ރޫޑިގާގެ ނަމެވެ.

މިރޭ އިންގްލެންޑާއި ދެކޮޅަށް ޖާމަނީއިން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން

ގޯލް ކީޕަރ ނޯޔާ، ގިންޓާ، ހުމެލްސް، ރޫޑިގާ، ކިމިޗް، ކުރޫސް، ގޮރެޒްކާ، ގޮސެން، ހަވަޓްޒް، މުލާ، ގިނެބްރީ.

އިންގްލެންޑް އަދި ޖާމަނީގެ ތާރީޚީ ބައްދަލުކުރުންތައް

މި ދެ ޓީމު މިހާތަނަށް 32 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން ޖާމަނީ މޮޅުވެފައިވަނީ 13 ފަހަރެވެ. އަދި އިންގްލެންޑް މޮޅުވެފައިވަނީ 15 ފަހަރެވެ. ހަތަރު މެޗެއް ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން މިދެޓީމު ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވ. އެ މެޗު ވަނީ 0-0 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

އިންގްލެންޑް އަދި ޖާމަނީ ބައްދަލުކުރާ މި ފޯރިގަދަ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން9 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.