ޚަބަރު ފީތާ

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ފްރާންސް ރޮއްވާލާ ސްވިޒަލެންޑް ކުއާޓާއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ފްރާންސްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ސްވިޒަލެންޑް ދަތުރު ކޮށްފިއެވެ.

ހަންގޭރީގެ ޕާކެން އެރީނާގައި ކުޅުނު މި މެޗުން ފްރާންސްގެ މައްޗަށް ސްވިޒަލެންޑް ކުރިހޯދީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު ވެސް ނަތީޖާ އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގައިވެސް ނަތީޖާ އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއިންނެވެ.

މެޗުގެ ފެށިގެން މެޗުގެ ވަރަށް ކުރީކޮޅުގައި ސްވިޒަލެންޑުން ލީޑުނެގިއެވެ. ސްޓިވަން ޒޫބާ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސްވިޒަލެންޑަށް ލީޑު ނަގައިދިނީ ހެރިސް ސެފެރޮވިޗެވެ. މި ގޯލާއި އެކު ފްރާންސްއިން ކުޅުން ރަނގަޅު ކޮށް ސްވިޒަލެންޑުގެ ގޯލަށް ނުރައްކާކުރަމުން ދިޔައެވެ. އެގޮތުން  އެމްބާޕޭއާއި އެޑްރިއަން ރެބިއޮޓްގެ ހަމަލާތަކެއް ގޯލަށް އަމާޒުވި ނަމަވެސް ކާމިޔާބެއް ނުވިއެވެ.

މެޗުގެ ފުރަތަމަ ހާފު ސްވިޒަލެންޑުން ނިންމާލީ ލީޑުގައިއޮވެގެންނެވެ.

ދެވަނަ ހާފަށް ފްރާންސުން ކުޅެން ނިކުތީ ވަރުގަދަކޮށެވެ. އެގޮތުން ސްވިޒަލެންޑުގެ ފަހަތަށް ބާރުބޮޑުކޮށް ގޯލަށް ނުރައްކާ އެތަކެއް ހަމަލާއެއް ދީފައިވެއެވެ. އެހެން ނަމަވެސް ލިބުނު ކައުންޓައެޓޭކެއްގައި ސްވިޒަލެންޑުން ފްރާންއަށް އިތުރު ބިރަކާއި ކުރިމަތި ކުރުވިއެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ސްވިޒަލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އަކީ ޒޫބާއަށް ބެންޖަމިން ޕަވާޑް، ޕެނަލްޓީ އޭރިއާ ތެރެއިން ފައުލް ކުރުމުން، ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ނަމަވެސް މި ޕެނަލްޓީ ވީ ނާކާމިޔާބެވެ.

މި ޕެނަލްޓީ ނާކާމިޔާބުވުމުގެ ނަތީޖާ އަކީ ފްރާންސްއިން ގާތްގާތުގައި ދެ ގޯލު ޖަހާ މެޗުގެ ނަތީޖާ ފްރާންސްކޮޅަށް އަނބުރާލުމެވެ. ފްރާންސްގެ މި ދެގޯލުވެސް ޖަހައިދިނީ ކަރީމް ބެންޒެމާއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އަނެއް ކާވެސް ފްރާންސްގެ ތިންވަނަ ލަނޑެއްވެސް ފެނިގެން ދިޔައެވެ. މިފަހަރުގެ މި ލަނޑު ޖަހައިދިނީ ޕޮގްބާއެވެ.

އެހެން ނަމަވެސް ފްރާންސްއަށް ހައިރާންކަމެއް ގެނުވީ ސްވިޒަލެންޑުން ފުލުފުލުގައި ގޯލްުތަކެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

މި މެޗުގެ ނަތީޖާ 3-3 ގައި އޮވެ ނިމުމުން ދެން ދިޔައީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށެވެ. ނަމަވެސް ނަތީޖާއަށް ބަދަލު ނައުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނެލްޓީގައި ދެޓީމުން ފުރަތަމަ ޖެހި ޕެނަލްޓީތައް ވައްދާފައިވާ އިރު، ސްވިޒަލޭންޑުން ހަތަރުވަނަ ޕެނަލްޓީ ކާމިޔާބުކުރިއިރު، ފްރާންސްގެ ފަސްވަނަ ޕެނަލްޓީ ވީ ނާކާމިޔާބެވެ. ފްރާންސްގެ ފަސްވަނަ ޕެނަލްޓީ ޖެހީ އެމްބާޕޭއެވެ.

މިރޭގެ މި ތާރީޚީ މޮޅާއި އެކު ސްވިޒަލެންޑުން މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާ ގައި އެޓީމު ބައްދަލުކުރަން ޖެހޭނީ ސްޕެއިންއާއެވެ.

Like
Like Love Haha Wow Sad Angry