
ޑރ. އާސިމު އަށް މަޖިލީހުން ރުހުން ދީފި
ދިވެހި ރާއްޖެއިން ކިންގްޑަމް އޮފް މޮރޮކޯއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ޑރ. އާސިމް އަހުމަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަފީރުކަން ދިނުމުގެ މައްސަލަ ދިރާސާކޮށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސްކުރަން ވޯޓުދެއްވީ 53 މެމްބަރުން ނެވެ.
ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ރާއްޖެއިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ މަގާމު ވެސް އަދާކުރައްވާ ޑރ. އާސިމްއަކީ ރާއްޖޭގެ ޚާރިޖިއްޔާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފަ އެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަންގެ މަޤާމާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމު ވެސް ޑރ. އާސިމް ވަނީ އަދާކުރައްވާފަ އެވެ.
އެވޯރޑް ތަ ނޫނީ ފައިސާތަ މަޖުލިހުން ދިނީ؟