ޔޫރޯ 2020 ގަދަ 16: ފްރާންސް – ސްވިޒަލެންޑް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ސްވިޓްޒަލެންޑް މިރޭ ބައްދަލުކުރާއިރު، މި މެޗަކީވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ އަދި ގިނަ ބަޔަކު އިންތިޒާރު ކުރާނެ މެޗަކަށް ވާނެއެވެ.

މިރޭގެ މެޗަށް ނިކުންނައިރު، ފްރާންސް ގަދަ 16 ވަނަ ބުރުން ޖާގަ ހޯދީ މަރުގެ ގްރޫޕް ކަމަށްވާ ގްރޫޕް އެފް ގެ އެއްވަނަ ހޯދައިގެންނެވެ. އަދި ޒްވިޒަލެންޑް ގަދަ 16 ވަނަ ބުރަށް ދަތުރުކުރީ ގުރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

އިޝްތިހާރު Below Header ad

ފްރާންސް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތަށް

ފްރާންސް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އެފްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ ފަސް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ  ޓީމުގެ ގޮތުގައެވެ.

ފްރާންސް 1 – ޖަރުމަން 0

ފްރާންސް 1 – ހަންގޭރީ 1

ފްރާންސް 2 – ޕޯޗުގަލް 2

ޖުމްލަ ޕޮއިންޓް: 5

ފްރާންސް އާއި ދެކޮޅަށް މިރޭ ނިިކުންނަ ސްވިޒަލެންޑް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އޭގެ ތިންވަނަ ޓީމުގެ ގޮތުގައެވެ.

ސްވިޒަލެންޑް ގުރޫޕް ސްޓޭޖުގައި ނެރެފައިވާ ނަތީޖާތައް

ސްވިޒަލެންޑް ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެ ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ.

ސްވިޒަލެންޑް 1 – ވޭލްސް 1

ސްވިޒަލެންޑް 0 – އިޓަލީ 3

ސްވިޒަލެންޑް 3 – ތުރުކީ 1

ޖުމްލަ ޕޮއިންޓް: 4

ފްރާން އަދި ސްވިޒަލެންޑް ތާރީޚީ ކުރިމަތިލުންތައް

ސްވިޒަލެންޑް އަދި ފްރާންސ  މީގެ ކުރިން 38 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 16 ފަހަރު ސްވިޒަލެންޑް މޮޅުވެފައިވާއިރު، ފްރާންސް މޮޅުވެފައިވަނީ 12 ފަހަރުގައެވެ. 10 މެޗުން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2016 ވަނަ އަހަރު ޔޫރޯގައެވެ. އެ ފަހަރުގެ މެޗު ވަނީ 0-0 އިން އެއްވަރު ވެފައެވެ.

މިރޭގެ މެޗަށް ނިކުންނައިރު ދެޓީމުގެ މިވަގުތުގެ ހާލަތު

ފްރާންސް

މިރޭ ސްވިޒަލެންޑާއި ދެކޮޅަށް ފްރާންސް ނިކުންނައިރު، އެޓީމުގައި އަނިިޔާގެ މައްސަލަތަކެއް އެބަ އުޅެއެވެ. އެގޮތުން އޮސްމާނޭ ޑެމްބެލޭ، ލުކަސް ޑައިނީ، މާކަސް ތުރާމް، ޖޫލިސް ކުންޑޭ ހިމެނެއެވެ. މީގެ އިތުރުން މިރޭގެ މެޗުގައި ލުކަސް ހެދާންޑޭޒް އަދި ތޯމަސް ލެމާއަށް ވެސް ކުޅެވިދާނެ ކަމާމެދު ވަނީ ސުވާލުއުފެދިފައެވެ.

މިރޭ ސްވިޒަލެންޑާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން 

ގޯލް ކީޕަރު ހޫގޯސް ލޮރީސް، ވެރާން، ލިންގަލެޓް، ޕަވަޑް، ކިމްޕެމްބޭ، ކާންޓޭ ޕޮގްބާ، ހެނާންޑޭޒް، ގްރީޒްމަން އެމްބާޕޭ، ބެންޒެމާ.

ސްވިޒަލެންޑް

މިރޭ ފްރާންސްއާއި ދެކޮޅަށް ނިކުންނައިރު، ސްވިޒަލެންޑް ޓީމުގައި އަނިޔާގެ މައްސަލައެއް އަދި ސަސްޕެންޝަނުގެ މައްސަލައެއް ނެތެވެ.

މިރޭ ފްރާންސްއާއި ދެކޮޅަށް ނެރޭނެ ކަމަށް ބެލެވޭ 11 ކުޅުންތެރިން

ގޯލް ކީޕަރ ސޮމާ، ނިކޯ އެލްވެޑީ، އަކަންޖީ، ރޮޑްރިގޭޒް، ވިޑްމާ، ޒަކާ، ފްރެއުލާ، ޒޫބާ، ޝަގީރި، އެމްބޯލޯ، ސެފެރޮވިޗް.

ސްވިޒަލެންޑް އަދި ފްރާންސް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖޭގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.