އެޕޮއިންޓްމަންޓް އުސޫލުން މީރާގެ ކައުންޓަރުން މިއަދާއި މާދަމާ ޚިދުމަތް ދެނީ!

އެޕޮއިންޓްމަންޓް އުސޫލުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކައުންޓަރުން މިއަދާއި މާދަމާ ޚިދުމަތް ދޭނެ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މީރާ އިން ބުނީ ކައުންޓަރުން ޚިދުމަތް ދިނުމަށް ނިންމީ އޮންލައިންކޮށް ޚިދުމަތް ހޯދުމަށް ދަތިވާ ފަރާތްތަކަށް ކަމަށެވެ.

އިޝްތިހާރު Below Header ad

އެ އޮތޯރިޓީން ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއްގެގޮތުން މި ޖޫން މަހުގެ 29 ގެ ނިޔަލަށް އެ އޮތޯރިތީގެ ކައުންޓަރުތަކުން ޚިދުމަތް ނުދޭގޮތަށް ނިންމާފަ އެވެ.

މީރާއިން ބުނީ ކައުންޓަރުތަކުން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ގުޅާނީ 3020460 ނަމްބަރަށް ކަމަށެވެ.

މިއަހަރުގެ މެއި މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނާއި ގްރީންޓެކްސް ބަޔާން ހުށަހެޅުމާއި އެ ބަޔާންތަކާއި ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މިމަހުގެ 28 އެވެ.

އެހެންނަމަވެސް ކުރިންވެސް އިއުލާންކޮށްފައިވާގޮތަށް އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމްކޮށްފައިވާ ޓެކްސްތައް ފިޔަވައި އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން 27 މެއި އާއި މީރާގެ ކައުންޓަރުތައް އާންމުކޮށް ހުޅުވައިގެން ޚިދުމަތްދޭން ފަށާ ދުވަހާއި ދެމެދު އަންނަ ސުންގަޑިތައް ވަނީ ފަސްކޮށްފަ އެވެ.

މި ފަސްކުރެވުނު މި ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތްދޭން ފެށުމަށް އިއުލާން ކުރެވޭނެކަމަށް މިރާއިން ބުނެއެވެ.

އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި އެ އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުމަށް ނުވަތަ 9821415 އަށް މެސެގް ކުރުމަށް މީރާއިން ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.