ޚަބަރު ފީތާ

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސްކޫލްގެ ޑިޒައިން އަދި ޢިމާރާތްކުރުން އާރްސީސީއަށް!

ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރާ ސްކޫލްގެ ޑިޒައިން އަދި އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސ) އާ ޙަވާލުކޮށްފި އެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން 5 އަހަރަށް ބަހާލައިގެން ރި-ފައިނޭންސް ކުރެވޭގޮތަށް ހަވާލުކުރާ މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކުރީ 243,119,269.20 (ދުއިސައްތަ ސާޅީސް ތިން މިލިއަން އެއްލައްކަ ނަވާރަހާސް ދުއިސައްތަ ފަސްދޮޅަސް ނުވަ ރުފިޔާ ވިހި ލާރި) އަށެވެ.

މި މަސަަަަަަަައްކަތް 18 މަސްތެރޭ ނިންމަން ޖެހޭ އިރު، 2022 ވަނަ އަހަރު ޑިސެމްބަރ މަހުގައި މިމަސައްކަތް މުޅިން ނިމޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒް އެވެ. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އެވެ.