ޚަބަރު ފީތާ

ދަރަވަންދޫ ފުޓްސެލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދަރަވަންދޫ ފުޓްސެލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެެވެ.

ބ. ދަރަވަންދޫ ކައުންސިލު އިދާރާ އިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ “ދަރަވަންދޫ ފުޓްސެލް ފިއެސްޓާ 2021” ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހު 20 ވާ އަންގާރަ ދުވަހު ކަމަށެވެ.

މި ފިއެސްޓާގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ދަރަވަންދޫގެ ޓީމުތަކަށް ކަމަށާއި ކޮންމެ މުބާރާތެއްގައި ބައިވެރި ކުރެވޭނީ ވަކި ޓީމެއް ކަމަށް ވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މި ފިއެސްޓާގައި ބައިވެރިވާން އެދޭ ޓީމުތަކުން މި ޖޫން މަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ރަޖިސްޓްރީ ވާން ޖެހެ އެވެ. އަދި ޖުލައި 14 ވާ ބުދަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ޓީމު ލިސްޓު އެ އިދާރާއަށް ހުށަހަޅަން ޖެހެ އެވެ.

ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު ރަސްމީ ގަޑީގައި ދަރަވަންދޫ ކައުންސިލު އިދާރާ އިން ލިބޭނެ ކަމަށް ވެސް އެ އިދާރާގެ އިޢުލާނުގައި ވަނީ ބުނެފަ އެވެ.

ފާއިތުވި އަހަރުތަކުގައި މި މުބާރާތް ބާއްވާފައިވަނީ އަންހެން އަދި ފިރިހެން މުބާރާތަކީ ދެ މުބާރާތެއްގެ ގޮތުގައި ނަމަވެސް، މިއަހަރު ބާއްވާނީ ފިއެސްޓާއެއްގެ ގޮތުގަ އެވެ.

Like
Like Love Haha Wow Sad Angry