ޔޫރޯ 2020: ވަރުގަދަ ކުރިމަތިލުމަކަށް ފަހު އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓާއަށް

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ އޮސްޓްރިއާއާއި ދެކޮޅަށް ކުޅުނު މެޗުން މޮޚުވެ މުބާރާތުގެ ކުއާޓާ ފައިނަލަށް އިޓަލީ ދަތުރުކޮށްފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗު އިޓަލީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ރަނގަޅަށް ކުޚެފައިވަނީ އޮސްޓްރިއާއިންނެވެ. އެގޮތުން އެޓީމުން ވަނީ އިޓަލީގެ ފަހަތަށް ބާރުބޮޑުކޮށް ދެ ހަމަލާއެއް ވަރު އިޓަލީގެ ގޯލަށް ފޮނުވާލަފައެވެ. ފުރަތަމަ ހާފުގެ ވަކި ހިސާބަކުން އިޓަލީން ކުޅުން ވަރުގަދަ ކުރިއިރު، މި ހާފުގައި އިޓަލީންވެސް ވަނީ ނުރައްކާތެރި ދެ ހަމަލައެއް ވަރު އޮސްޓްރިއާގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓުގައި އިޓަލީ ފޯވާޑް އިމޮބިލޭ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 67 ވަނަ މިނެޓުގައި އޮސްޓްރިއާގެ މާކޯ އަނައުޓޮވިޗް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު، އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ލަނޑެއް ޖެހިއޮތުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިޓަލީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފެޑެރީކޯ ކިއޭސާއެވެ. އަދި އޭގެ 10 މިނެޓު ފަހުން އިޓަލީން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓެއޯ ޕެސީނާއެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި އޮސްޓިރިއާއިން ލަމޑެއް ޖަހާ އުންމީދު އާކުރިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާސާ ކަލައިޖިޗެވެ.

މި މޮޅާއެކު އިޓަލީ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މިރޭ ކުޅޭ ޕޯޗުގަލާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.