ސީމަނުންނަށް ސެލިއުޓް ކުރަންޖެހޭ: އާދަމް އާޒިމް

ސީމަނުންނަށް ސެލިއުޓް ކުރަންޖެހޭ ކަަމަށް އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސީފެއަރާސް ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އިޝްތިހާރު Below Header ad

އާޒިމް ގެ ޓްވީޓުގައި ވަނީ ކަނޑުމަތީގައި މަސައްކަތް ކުރާ ސީމަނުންނާ ނުލައި ދުނިޔޭގެ އިގުތިސާދު ނުހިނގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ސީފެއަރާސް ކުރަމުން އަންނަ މަސައްކަތަށް ސެލިއުޓް ކުރަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން އެކުގައި ކުރަމުންދާ މަސައްކަތްތަކުގައި ސީފެއަރާސްއަށް އެހީތެރިވުމުގެ ގޮތުން ކުރެވެގެން ހުރި ހުރިހާ ކަމެއް ކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

މި ދުވަހާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވިދާޅުވެފައި ވަނީ ސީމަނުންގެ ހުރި މައްސަލަތައް ހައްލު ކުރުމަށާއި އެމީހުންގެ ހައްގުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅަކާއި ކުރަންޖެހޭ ހުރިހާ ކަމެއް ވެސް ކުރައްވާނެ ކަމަށެވެ.

ދޭދޭ ގައުމުތަކުގައި ކުރާ ވިޔަފާރި އާއި އިގުތިސޯދީ މުއާމަލާތްތައް ބަރޯސާވެފައި ވަނީ ކަނޑުދަތުރުފަތުރުގެ މައްޗަށް ކަމަށްވާ އިރު، އެއްރަށުން އަނެއް ރަށަށް އަދި އެއްގައުމުން އަނެއް ގައުމަށް މުދާ އުފުލުން ނުހުއްޓި އޮތުމަކީ އިންސާނީ ތަރައްގީގައި ޒަރޫރީ ކަމެއް ކަމަށް ވެސް މިނިސްޓަރ ނަހުލާ ވަނީ ވިދާޅުވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މީނަގެ އެމްޓީސީސީގެ ޓަގުތަކުގަވެސް ވަޒީފާގަ ތިބެނީ އިންޑިއާ ލަންކާމީހުން ގެނެސްފަ ދިވެހިން ވަޒީފާ އަށް އެދިތިއްބަ ދިވެހިންނަށް ނުދީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.