ޚަބަރު ފީތާ

ހިޔާ ފްލެޓް ޔޫނިއަންގެ ފަރާތުން ސުލްޙަވެރި ހިމޭން އިހްތިޖާޖެއް ސޯޝަލް މީޑިއާގައި ފަށައިފި

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އިސްނަގާގެން ހިންގާ ވައިބަރ ގުރޫޕް “ހިޔާ ފްލެޓް ޔޫނިއަން” އިން ހިންގާ ސުލްޙަވެރި ހިމޭން އިޙްތިޖާޖެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.

މި އިޙްތިޖަާޖު ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާ ރޭ 10 ޖެހުމާއި ހަމައަށް ކަމަށް އެ ޔޫނިއަނުން ބުނެއެވެ. އަދި 32 ގަޑިއިރަށް ދެމިގެންދާ މި އިޙްތިޖާގައި ކޮންމެ ފަރާތަކުންވެސް ޝުޢޫރު ފާޅުކޮށް ގުރޫޕްގައި ހިއްސާކުރާ ފޮޓޯތައް ޓްވިޓަރ އަދި ފޭސްބުކްގައި ޝެއަރ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މިގޮތަށް ޝެއަރ ކުރާ އިރު، #petitiongeJavaabuAvaskury މި ހޭޝްޓެގު ބޭނުން ކުރުމަށް ވަނީ އެދިފަ އެވެ.

އެ ޔޫނިއަނުން ބުނީ އެފަރާތްތަކުން އިސްނަގައިގެން މި ޖޫން 1 ވަނަ ދުވަހު ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭގޮތުން އެއްވެސް ޖަވާބެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި ދީފައި ނުވާ ކަމަށެވެ. އަދި ވުޒާރާތަކުގެ ވެރިންނާއި ބައްދަލު ކުރުމަށް އެދުމުން އެކަމަށް އިޖާބަ ދީފައިވަނީވެސް މާލެސިޓީ ކައުންސިލް އާއި އެޗް.ޑީ.ސީ އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޢީސް އޮފީސް އަދި ހައުސިންގ މިޖިސްޓްރީން ޖަވާބެއް އަރުވާފައިނުވާތީ ކަންބޮޑުވުންތަކަށް އިޖާބަދިނުމަށްވެސް މި އިޙްތިޖާޖުގައި ދަނީ ގޮވާލަމުން ނެވެ.

އިޙްތިޖާޖަށް ގިނަ ބައެއްގެ ތާޢީދު ލިބެމުންދާއިރު، ސޯޝަލް މީޑީއާ ޓުވިޓަރ އަދި ފޭސްބުކުގައިވެސް މި އިޙްތިޖާޖު ފުޅާކޮށް ކުރިއަށް ދާކަން އެ ފަރާތުން ވަނީ ފާހަގަ ކޮށްފަ އެވެ.

Like
Like Love Haha Wow Sad Angry
19

4 ޚިޔާލުތައް ގައި "ހިޔާ ފްލެޓް ޔޫނިއަންގެ ފަރާތުން ސުލްޙަވެރި ހިމޭން އިހްތިޖާޖެއް ސޯޝަލް މީޑިއާގައި ފަށައިފި"

  1. އަގުކުޑަކުރަނީ ބޮޑުއަގުގާކުށްޔަށްދޭންވެގެން …. ގެދޮރުނެތިގެންއުޅޭމީހާޔަށްލިބުނީމާ 02މަހަކުއުޅެލާފާދެނީ..ބޮޑުއަގުގާކުށްޔަށް ..ހެޔޮނުވާނެވަކަންކުރަން… އެއީވެސްވަށްކަން ލާރިތަކެށްވަގަށްނެގީމަވެސްވާނީވަށކަމައް 03ކޮޓަރިއިޕާޓުމެންޓުގެކުލި5500ރުފިޔާ ނުވަތަ 7000ރުފިޔާސަރުކާރުންދޭއަގު….ކުށްޔައްދެނީ 03ކޮޓަރި 18000ރުފިޔާއަށް އެޑުވާސް 03މަސް ކިހާރަގަޅު ….ލާރިލިބުނީމާދަނީރާޖޭންބޭރައް ކިހާސަޅި އަގުކުޑަކުރާނެކަމެށްނެއް އަދިވެސްބޮޑުކުރަންވީ …ފަގީރުއްނަކައްނުލިބޭލިބެނީމުށްސަދިށްނައްއެހެންވެއެހެންވަނީ..މުސަދިއްނައްކުރިމަތިނުލެވޭގޮތްހަދަންވީ …..

  2. އަގު ބޮޑިއްޔާ ދޫކޮށްލާ. މިއޮއްހުރިހަ ދުވަހު ނުލިބިގެން. ލިބުނީމާ ކަންކުރަންޖެހެނީ މިމީހުންބުނާގޮތަށް. ތިޔަގޮތަށް ކުޑަކުރާނަމަ އަހަރެމެންގެ ފްލެޓްތަކުންނާ ކުންފޔނިތަކުން ފްލެޓް ގަނެގެން ބޮޑުކުލީގައި އުޅޭމީހުންނަށް ވެސް ސަބްސިޑީ ދޭންވާނެ. ތިޔަތާގައި ޑޮކްޓަރުންނާ ގެ ހުރި މީހުން ބައިވަރު

  3. ހިޔާފުލެޓު ލިބިފައިވާ ނިކަމެތި ރައްޔިތުން ދިރިއުޅޭނީ އަގުކުޑަކޮށް ލިބިފަ ހުންނަތަންތަނުގަ!
    އަގު ކުޑަކޮށް ފުލެޓު ލިބިފަ ހުއްޓާ އެތަން ކުއްޔަށްދީފަ އަގުބޮޛުތަނެއްގައި ނޫޅޭނެ!
    ބަލާވަރަށް ނުބަލާ މާލޭ 3 އެޕާޓުމެންޓު (މަންމަ ގެއިން ، ބައްޕަ ގެއިން އަދި ކާފަގެއިން) ލިބިފައި ހުންނަ މީހުންނަށް ފުލެޓު ދިނީމަ ވާނީ ތިބުނި ފަދައިން އިތުރަށް ލާރި ހޯދަން ބޮޑުކުއްޔަށް
    ދޫކުރާނެ!
    އޭގެސަބަބުން ބޯހިޔާވެހިކަން ލިބިފަނެތް ނިކަމެތިން އިތުރަށް ނިކަމެތިވަމުން ދަނީ!

  4. މީ ނުކުޅެދޭ ގައުމުގެ މީހެއް | ޖޫން 26, 2021 at 23:09 | Reply

    ފުލެޓް ލިބިފަތިބި ގިނަމީހުންނަކީ މަކަރާ ހީލަތުން ދޮގުމަށް ދޮގު ހަދާގެން ފްލެޓް ހޯދާފައިވާ މީހުން މާލެ އައިސް 2އަހަރު ނުވޭ ނުކުޅެދޭ ދަރިޔަކު ހުރޭ ކިޔާފަ ވަގު ލިޔުން ހޯދާގެން ފްލެޓް ހޯދާފަ. އަހަރުމެން މާލޭ މީހުންނާ އިދެގެން އުޅޭތީ ރަށުން ގޯތި އަށް ސަރުތު ހަނުވޭ އަދި ނުވިތާކަށް މާލެއިން ދޫކުރާ ފްލެޓް ގެ ޕޮއިންޓް އެކިފަހަރު އެކިވަރަށް އުމުރުދުވަހު ދިރި އުޅެން ޖެހިފަ މިވަނީ ބަހައިގެން ލިބުނު ކުޑަކޮޓަރި ގަޑުގަ އަނބި ދަރިނަ ގޮވައިގެން. ފްލެޓް އަށް ފޯމް ހުޝަ އަޅަން އިއުލާން ކުރާއިރަށް ރާއްޖެތެރޭ މީހުންގެ ތިބޭނީ ހުސް ނުކުޅެދޭ ދަރިން…

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.