ރައީސް މައުމޫން ދެން ނަންގަވާނީ ކޮން ފިޔަވަޅެއް!

ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ރާއްޖޭގެ ވެރިކަން ކުރެއްވެވި ބޭފުޅަކީ ހަމަޔަޤީނުންވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުކަން އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ މައުމޫން އިސްކަން ހުންނަވައިގެން އުފެއްދެވި ދެ ޕާޓީންވެސް އެމަނިކުފާނު މިވަނީ ދުރުކުރައްވާފައެވެ.

އިޝްތިހާރު Below Header ad

އާދެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ނުވަތަ މަލްޓީ ޕާޓީ ސިސްޓަމް ޤާއިމު ކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ކުރަމުން އައި މަސައްކަތަށް އާރޯކަން ގެނެސްދެއްވާ މިކުޑަކުޑަ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމަށް ދެއްވި ހުއްދަ އާއެކު އުފެދިގެންދިޔަ މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ) އާ ވާދަކުރުމަށް ރައީސް މައުމޫން އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އެވެ.

އެހެން ނަމަވެސް އެމްޑީޕީ އާ އެންމެބޮޑަށް ވާދަކުރަމުން އައި ޑީއާރްޕީގެ އެންމެ ރަން ޒަމާނުގައި ރައީސް މައުމޫނާއި ޑީއާރްޕީގެ ބައެއް މެންބަރުންނާއި ޚިޔާލު ތަފާތުވެ، ދެ ފެކްޝަނެއް އުފެދުނުވެ. އެއީ އެހާބޮޑު މައްސަލައަކަށް ނުހަދަމާހެވެ. އެއީ ސިޔާސީ ކުޅިވަރަކީ އެޒާތުގެ ކަންކަން ކަމަށް މީހުން ބުނާތީ އެވެ. މިއީ ފަހަރުގައި ރާއްޖޭގައި އޮތީ ” ޅަފަތުގައި ” ވާ ސިޔާސީކަމެއް ކަމަށް ބުނަމުން އައި މީހުންވެސް ތިބީމައާއެކުގައެވެ.

އެކަން ބާއްވަމާތޯއެވެ.. ޑީއާރްޕީގެ ކޯޅުމާއެކު ރައީސް މައުމޫން ދެން އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ. ޢަޒުމަކަށް އަމާޒަކަށް ބަދަލެއް ނާދެއެވެ. ރާއްޖެ މިއަދު ދެކެމުން އަންނަ ތަރައްޤީގެ ބާނީ ރައީސް މައުމޫން ވަޑައިގަތީ ސިޔާސީގޮތުން ކުރިއަށެވެ. ސިޔާސީ އެތައް ލީޑަރުންނެއް އުފައްދަވާ އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވަމުން ވަޑައިގެން ރާއްޖޭގެ ވެރިކަން ޕީޕީއެމް އަށް ހޯއްދަވައިދެއްވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތަކުން ބުނަމުން އައި ގޮތުންނާއި އެންމެންވެސް ޤަބޫލު ކުރަމުން އައީ ޕީޕީއެމް އަށް ވެރިކަން ލިބުނީ ރައީސް މައުމޫންގެ ތާއީދާއެކުގައި ކަމަށެވެ. ޝައްކެއްވެސް ނެތް ޙަޤީޤަތެކެވެ. ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި އެއީ ރައީސް މައުމޫންގެ ފިކުރާއި ރައީސް ނަޝީދުގެ ފިކުރުކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.

ޕީޕީއެމް އަށް ވެރިކަން ލިބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ވެސް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއްގެ ސަބަބުން ކަމަށާއި އެ ސަބަބަކަށް މެދުވެރިވީވެސް ރައީސް މައުމޫންކަން ޤަބޫލު ކުރާ މީހުންވެސް މަދެއް ނުވާނެއެވެ.

ކޮންމެއަކަސް މިވާހަކަވެސް ބާއްވަމާހެވެ.. ޕީޕީއެމް އާ ރައީސް މައުމޫނާއިވެސް މިހާރު މިވަނީ ބައިވެފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެ ޕާޓީގައިވެސް ދެ ފެކްޝަނެއް އުފެދުނީއެވެ. މިހާރުގެ ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާގޮތާއި ހިތްހަމަޖެހިވަޑައިނުގަން ރައީސް މައުމޫން އެ ގެންދަވަނީ ތަކުރާރުކޮށް ފާޑު ވިދާޅުވަމުންނެވެ. ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން އަންނަ ބައެއް ބިލުތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަން ފާޅުކަން ބޮޑުގޮތެއްގައި ހާމަކުރައްވަމުން ވަޑައިގެން އެންމެފަހުގެ ނަތީޖާއަކަށް ވެފައިމިވަނީ، ޚުދު ރައީސް މައުމޫންގެ ކޮއްކޯފުޅު މިހާރުގެ ރައީސް ޔާމީނަށް އެމަނިކުފާނު ކުރައްވާފައިވާ ތާއީދުވެސް ރައީސް މައުމޫން އަނބުރާ ގެންދެވުމެވެ.

ފޮޓޯ:ވަގުތުއެމްވީ
ފޮޓޯ:ވަގުތުއެމްވީ

ސިޔާސީ އިދިކޮޅު ފަރާތްތަކާއެކު ގިނަ މަޝްވަރާ ބައްދަކުވުންތަކެއްވެސް ރައީސް މައުމޫން ބާއްވަވަމުން ގެންދަވާ އިރު، ސިޔާސީ ލީޑަރުންނަކީ އަބަދުވެސް ނެގެން އޮންނަ ފައިދާއެއް ނަގާ، ބަޔަކަށްވާ އިރު، ރައީސް މައުމޫންގެ މި ނިންމެވުމަށްވެސް އަންނަނީ މަރުޙަބާގެ މެސެޖުތައް ފަތިފައްޗަށް އަމުނަމުންނެވެ.

ސުވާލަކީ ޑިއާރްޕީ ބައުބައިވުމުން ޕީޕީއެމް އުފެއްދެވިގޮތަށް ރައީސް މައުމޫން އަނެއްކާވެސް އެހެން ޕާޓީއެއް އުފައްދަވާނީބާއެވެ. ނުވަތަ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ ނުވަތަ އިދިކޮޅު އިއްތިހާދުގެ ނަމުގައު އުފައްދާފައިވާ ފަރާތާއި ގުޅިވަޑައިގަންނަވާނީބާއެވެ. ނޫންނަމަ އަނެއްކާވެސް ޑީއާރްޕީ އާ ގުޅިވަޑައިގަންނަވާނީބާއެވެ..

ގޮތެއް ނިންމަވާނީ ރައީސް މައުމޫނެވެ. ޔަޤީނުންވެސް އިނގޭ އެއްޗަކީ ދިވެހި ރައްޔިތުންނަށް ދެރަގޮތެއްވާން އެ މަނިކުފާނު ބޭނުންފުޅު ނުވާނެ ކަމެވެ. ބަލަން ތިބެމާހެވެ.. އަޅުގަނޑުމެން ރައްޔިތުން މިތިބީ ރައީސް މައުމޫން ދެން ނަންގަވާނެ ފިޔަވަޅެއްގެ އިންތިޒާރުގައެވެ….

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.