ޖަޕާންގެ ނައޯމީ އޮސާކާ މިއަހަރުގެ ވިމްބަލްޑަން ގައި ބައިވެރިނުވާން ނިންމައިފި

ޖަޕާންގެ ނައޯމީ އޮސާކާ މިއަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގައި ބައިވެރިނުވާން ނިންމައިފި އެވެ.

ޢުމުރުން 23 އަހަރުގެ އޮސާކާ މިގޮތަށް ނިންމީ ޢާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ ގޮތުން ކަމަށް ވަނީ ބުނެފަ އެެވެ.

އިޝްތިހާރު Below Header ad

ހަތަރު ފަހަރު ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ނައޯމީ ވަނީ ނިމިގެންދިޔަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި މީޑިއާ އާއި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފަ އެވެ. އަދި އެކަާއިެ ގުޅިގެން ކުރިމަވި ފިއްތުންތަކާހެދި އޮސާކާ ވަނީ އަމިއްލައަށް މުބާރާތުން ވަކިވެފަ އެވެ.

އެހެންނަމަވެސް އަންނަ ޖުލައި މަހު ޖަޕާންގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ކުޅޭނެ ކަމަށް އޮސާކާ ވަނީ އިއުލާންކޮށްފަ އެވެ. އަދި އޮސާކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަމިއްލަ ގައުމު އަދި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާ ކަމަށެވެ.

Naomi Osaka 2

ގްރޭން ސްލޭމް މުބާރާތް ނައޯމީ ފުރަތަމަ ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

ނައޯމީ މި ނިންމުން އިޢުލާކޮށްފައިވާ އިރު، ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ ރަފެލް ނަޑާލް ވަނީ ވިމްބަލްޑަން އާއި ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.