ޚަބަރު ފީތާ

ޔޫރޯ 2020: ކްރޮއޭޝިއާ ޗެކް ރިޕަބްލިކް މެޗު އެއްވަރުވެއްޖެ

ޔޫރޯ 2020 ގެ ގްރޫޕް ޑީ ގައި މިރޭ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގްލާސްގޯގެ ހެމްޕްޑެން ޕާކްގައި ކްރޮއޭޝިއާ އަދި ޗެކް ރިޕަބްލިކް ބައްދަލުކުރި މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޗެކް ރިޕަބްލިކުންނެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ޕެޓްރިކް ޝިކްއެވެ. މިއީ ކްރޮއޭޝިއާ ކުޅުންތެރިން އޭރިއާ ތެރެއިން ޝިކްއަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ޗެކް ރިޮަބްލިކުން ނިންމާލިނަމަވެސް މެޗުގެ ދެވަނަ ހާފުގެ ވަރަށް ކުރީ ކޮޅު ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 47 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މިރޭގެ މި ނަތީޖާއާއެކު ޗެކް ރިޕަބްލިކަށް ވަނީ ކުޅުނު ދެ މެޗުން 4 ޕޮއިންޓް ލިބިފައެވެ. ގުރޫޕުގެ ދެވަނައިގައި އޮތް އިންގްލެންޑަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ކްރޮއޭޝިއާއިން އޮތީ ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ ފުލުގައި އޮތް ސްކޮޓްލެންޑަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

Like
Like Love Haha Wow Sad Angry