އިންޑިއާއަށް ކޮވިޑުގެ 3 ވަނަ ރާޅެއް އޯގަސްޓު މަހު އަތުވެދާނެކަމުގެ ބިރު ހީވެއްޖެ

އިންޑިއާގައި ކޮވިޑުގެ 3 ވަނަ ރާޅެއް އަތުވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

އެގައުމުގެ ސިއްހީ މާހިރުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ކޮވިޑުގެ 3 ވަނަ ރާޅު އެގައުމަށް އަންނާނެކަމަށް ލަފާ ކުރެވެނީ އޯގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން ކޮވިޑުގެ 2 ވަނަ ރާޅުން ލިބުނު ފިލާވަޅަށް ބަަލައި، 3 ވަނަ ރާޅަށް ތައްޔާރުވުމަށް ސިއްހީ މާހިރުން ތައްޔާރުވަމުން އަންނަކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އަދި މި ރާޅަށް ތައްޔާރުވުމުގެ ގޮތުން ސައިންސްވެރިންނާއި ސިއްހީ މާހިރުން ތަފާތު އެކި ތަހުލީލުތައް ވެސް ކުރަމުން އަންނަކަމަށް ވަނީ ބުނެފަ އެވެ.

Covid India 1

ކޮވިޑުގެ މި ރާޅުގައި އޮކްޓޯބަރ މަހާއި ހަމައަށް ދިއުން އެކަށީގެންވާ ކަމަށާއި ނަމަވެސް ކުރަމުން އަންނަ ދިރާސާތަކާއެކު އެ ރާޅުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަކަަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ގައި އިންޑިއާ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑުވަރުވި ގައުމެކެވެ. ޚާއްސަކޮށް އެގައުމުން ފެނުނު “ޑެލްޓާ” ވައިރަސްގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުޅި ގައުމު ހާސްކަމުގެ ތެރެއަށް ވައްޓާލި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.