ބިންހެލުމެއްގައި ސަލާމަތްވި އޫރެއް މުސްކުޅިވެ މަރުވުމުން ޗައިނާއިން ހިތާމަ ފާޅުކުރަނީ

ޗައިނާގެ ސިޝުއާންއަށް 2008 ގައި އައި ބާރުގަދަ ބިންހެލުމެއްގައި އިމާރާތްތަކާއި ގަސްތައް ދަށުވެ، 36 ދުވަސް ފަހުން ސަލާމަތް ވުމުން، ހިތްވަރާއި ކެއްތެރި ކަމުގެ ނަމޫނާއެއްގެ ގޮތުގައި ދެކެމުންއައި އޫރެއް، މުސްކުޅިވެ ބުދަ ދުވަހު މަރުވުމުން ޗައިނާގެ އެތައް މިލިއަން ބަޔަކު ހިތާމަ ފާޅު ކޮށްފިއެވެ.

ޒޫ ޖިއަންކިއަންގ، ނުވަތަ “ވަރުގަދަ އަޒުމެއްގެ އޫރެއް”ގެ ނަމުން ނަންދީފައިވާ މިއޫރު މަރުވެފައި ވަނީ މުސްކުޅިކަމާއި ވަރުދެރަވުމުގެ ސަބަބުން ކަމަށް އެއޫރު ބަލަހައްޓަމުންއައި މިއުޒިއަމުން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ސިޝުއާންއަށް 2008 ވަނަ އަހަރު އައު 8 މެގްނިޓިޓުޑްގެ ބިންހެލުމުގައި ގަސްތަކާއި އިމާރާތްތަކުގެ ދަށުގައި 36 ދުވަސް ފަހުން ސަލާމަތް ވުމުން މި އޫރު ވަނީ ޗައިނާއާއި އަދި ދުނިޔޭގެ ވެސް ސަމާލުކަމަށް އައިސްފައެވެ. އެބިންހެލުމުގައި 69،000 ނައަމްސޫފި ވަނީ މަރުވެފައެވެ، އަދި 18،000 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

 

މިހާދިސާއަށް ފަހު ޒޫގެ މަޤުބޫލުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އަދި ނަތީޖާއެއްގެ ގޮތުން ޖިއަންގޝުއާން މިއުޒިއަމްގެ ވެރިޔާ ފަން ޖިއަންޝުއާން ވަނީ 335 ޕައުންޑަށް ޒޫ ގަނެފައެވެ. އަދި ޗައިނާގެ އެކި ބްރޭންޑުތަކުގައި ޒޫގެ ނަން ބޭނުންކޮށް، ފަތުރުވެރިންގެ މަންޒިލަކަށް ވެސް ޒޫ ދިރިއުޅޭ މިއުޒިއަމް ވަނީ ވެފައެވެ.

އޫރު

ޒޫ މަރުވީ އުމުރުން 100 އަހަރުގައެވެ. ގްލޯބަލް ޓައިމްސްއިން ހާމަ ކޮށްފައިވާ ގޮތުގައި އާދައިގެ ސިއްހަތު ރަނގަޅު އޫރެއްގެ އުމުރަކީ 14 އަހަރާއި 20 އަހަރާއި ދެމެދެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.