އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ފޯމު ހުށަހެޅުމަށް އަންނަ ހަފުތާގައި ހުޅުވާލަނީ!

އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ފޯމު ހުށަހެޅުމަށް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ބޭންކުން ބުނީ މިއީ ކޮވިިޑް ބަލިމަޑުކަމުގެ ތެރޭގައި ކުދި ވިޔަފާރި ތަކަށާއި މެދުފަންތީގެ ވިޔަފާރިތަކަށް ކުރަމުންދާ އަސަރުން އަރައިގަތުމަށް ފިނޭންސް މިނިސްޓްރީން އެ ބޭންކު މެދުވެރިކޮށް ދޫކުރާ ލޯނބެއް ކަމަށެވެ.

އިޝްތިހާރު Below Header ad

ބީއެމްއެލް އިން ބުނީ އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހަޅާ ފޯމު އާދީއްތަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށެވެ. އަދި ކޮވިޑް-19 އިކޮނޮމިކް ސްޓިމިއުލަސް ލޯނު މެދުވެރިކޮށް 10 މިލިއަން ރުފިޔާ އާ ހަމަޔަށް ފައިނޭންސަށް އެދިހުށަހެޅޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ 6 އިންސައްތައިގެ ކުޑަ އިންޓަރެސްޓެއްގައި، ރަހުނަކާ ނުލާ ދޫކުރުމަށް ހަމަޖެހިފައިވާ މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ކުދި ވިޔަފާއި އާއި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އޮފް ފައިނޭންސް ސްޓިމިއުލަސް ޕެކޭޖެއް އެކުލަވާލައި، ސަރުކާރުން އިއުލާންކުރީ މި އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

މި ލޯނާ ގުޅޭ އިތުރު މައުލޫމާތާއި ލޯނަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް އިން ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.