ޚަބަރު ފީތާ

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް މި މަހު 14 ގައި ނިމިއްޖެ

ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް މި ޖޫން މަހުގެ 14 ވަނަ ދުވަހު ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެރަށު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރުކުރިއަށް ދަނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ވެސް ބުންޏެވެ.

އެމްޓީސީސީން ބުނީ މިއީ 143.11 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް މި މަހު 14 ގައި ނިމިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.