އެސްޓީއޯ އިން ފަށާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކަށް އެމްކިއުއޭ ގެ ހުއްދަ ހޯދަން ހުށަހަޅައިފި

އެސްޓީއޯ އިން ފަށާ ރޭޑިއޮލޮޖީ ޕްރޮގްރާމުގެ ޑިޕްލޮމާ ކޯސްތަކަށް މޯލްޑިވްސް ކޮލިފިކޭޝްން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދަ ހޯދަން ހުށަހަޅައިފި އެވެ.

އެ ކުންފުނިން ބުނީ މިއީ ޖެނެރަލް އިލެކްޓްރިކް ހެލްތް ކެއަރ އާ ގުޅިގެން ފަށާ ޕްރޮގްރާމެއް ކަމަށެވެ. އަދި “ޑިޕްލޮމާ އިން ރޭޑިއޮގްރަފީ” ކޯސްތަކުގެ އެޕްރޯވަލް ހޯދުމަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ކޯސްތައް ހިންގަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އިންސްޓިޓިއުޓް ހިންގުމުގެ ހުއްދަ ލިބިފައިވާ އަދި އެ މިނިސްޓްރީގައި ރަޖިސްޓަރ ކޮށްފައިވާ އެސްޓީއޯ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި އެކޯސް ހިންގަން ފަށާއިރު، ދިވެހިންނަށް ރޭޑިއޮލޮޖީ ދާއިރާއިން ތަމްރީން ހޯދުމުގެ ފުރުސަތު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށް ވެސް ބުންޏެވެ.

މި ކޯހަކީ ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް އިފްތިތާހް ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު އެވެ.

މި ކޯސް ރާއްޖޭގައި ހިންގަން މަސައްކަތް ކުރާ މިއީ ފުރަތަމަ ފަހަރެވެ. ރޭޑިއޯލޮޖީ ދާއިރާއަށް ދިވެހިން ތަމްރީން ކުރަން ކުރިއަށް ގެންދާ ކޯސްތަކުގެ ފުރަތަމަ ބެޗްގައި 20 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމާފަ އެވެ.

އެ ކޯސްތަކުގެ ފުރަތަމަ ބެޗުގެ ފީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަތޮޅުތެރޭ ރޭޑިއޮގްރަފަރުންގެ ގޮތުގައި 37 މީހުން މަސައްކަތް ކުރަމުން ދާއިރު މިވަގުތު އެމީހުންގެ ތެރޭގައި ތިބީ ތިން ދިވެހިން ނެވެ. އައިޖީއެމްއެޖްގައި ރޭޑިއޮގްރަފަރުންގެ ގޮތުގައި 20 މީހުން މަސައްކަތް ކުރާއިރު އޭގެތޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.