“މީ ދުނިޔެއޭ” މައުޟޫއަށް، ޝައިޚް އިބުރާހިމް ފަރީދުގެ ވަރަށް ޚާއްޞަ ދަރުސެއް.

މާދަމާ 28 އޮކްޓޫބަރު ވާ ހުކުރު ދުވަހުގެ އަސްރުނަމާދަށް ފަހު މަސްޖިދުލް ސުލްތާން މުޙައްމަދު ބިން ޢަބްދިﷲ ( ވިޔަފާރިވެރިންގެ މިސްކިއް) ގައި ޝައިޚް ފަރީދުގެ ވަރަށް ޚާއްޞަ ދަރުސެއް އޮންނާނެއެވެ.

އަލްކައުނުން މައުލޫމާތު ދިން ގޮތުގައި  މި ދަރުސްއަކީ ގިނަ ދުވަސްތަކަށް ފަހަހު އެފަރާތުން އަލައް ފައްޓާފައިވާ ދަރުސް ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން ބޭއްވޭ ފުރަތަމަ ދަރުހެވެ.

އިޝްތިހާރު Below Header ad

މާދަމާ އަސްރު ނަމާދަށް ފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސްގެ މައުޟޫއަކީ “މީ ދުނިޔެއޭ” އެވެ.

viber-image

މިކަމުގައި އިސްކޮށް އުޅުއްވާ ކައުންގެ ޑެޕިއުޓީ ސީއޯ މުޙައްމަދު ޝާމިން ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ކުރިޔައް ގެންދާ މި ދަރުސައް ފަހުވެސް ކޮންމެ ހަފްތާއަކު މާލޭގެ ކޮންމެވެސް މިސްކިތެއްގައި ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މާދަމާގެ ދަރުސައްފަހު ކުރިޔައް އޮތް ހަފްތާގައި ބާއްވާނެ ދަރުސް ގެ މައުޟޫއާއި އެ ދަރުސް އޮންނާނެ ތަނެއް ރަސްމީކޮށް އަންގާނެކަމަށެވެ.

ޝާމިން ވިދާޅުވީ ކައުނުން އިސްނަގައިގެން މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދީނީ ގޮތުން މުޖުތަމައު ހޭލުންތެރިކޮށް މުޖުތަމައުގައި ދިރިއުޅޭ އެންމެހާ އަޚުންނާއި އުޚުތުންގެ  ހިއްތަކުގެ ދީނީ އަޤީދާ ވީހާވެސް ބޮޑަށް ހަރުދަނާ ކުރުންކަމަށެވެ.

” މީ ދުނިޔެއޭ ” މައުޟޫއަށް ޝައިޚް ފަރީދު ދެއްވާ މި ދަރުސް ޝައިޚްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ލައިވް ކުރާގޮތައް ވަނީ ހަމަޖެހިފައެވެ. އެގޮތުން  ޝައިޚްގެ މި ދަރުސް ފޭސްބުކް ޕޭޖު މެދުވެރިކޮށް ވަގުތުން ފެންނާނެއެވެ.

މި ދަރުސްގެ މީޑިއާ ކަވަރޭޖް ޕާތުނަރުންނަކީ “އަލްކައުން” އާއި “މިއަދު” ނޫހެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.