19 ބާގާ ހިލޭ ނުދީގެން ރޭގަނޑު ހަތަރުދަމު ރެސްޓޯރެންޓު ބަދިގޭގައި މުވައްޒަފުން ހިފަހައްޓައިފި

ޕާކިސްތާނުގެ ލާހޯރުގެ ރެސްޓޯރެންޓަކުން ހިލޭ ބާގާ ނުދީގެން އެތަނުގެ މުވައްޒަފުންނާއި ވެރިމީހާ ބަދިގެއަށް ލައި ބަންދުކޮށްގެން ރޭގަނޑު ހަތަރުދަމު ހިފަހައްޓައިފި އެވެ.

އެ މައްސަލައިގަ ފުލުހުން ވަނީ ހިލޭ 19 ބާގާ ހޯދަން އުޅުނު 19 މީހުން ހައްޔަރުކޮށްފައި އެވެ. އޭގެ ތެރޭގައި ނުވަ ފުލުހުން ހިމެނެ އެވެ.

އިޝްތިހާރު Below Header ad

މި މައްސަލައިގަ އެ ރެސްޓޯރެންޓުގެ ވެރިޔާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ މިއީ އެތަނަށް ދިމާވާ އާންމު ކަމެއް ކަމަށެވެ. އެކަމަކު މިފަހަރު ގިނަ އަދަދެއްގެ ފުލުހުންވެސް ބައިވެރިވެފައިވާތީ މިއީ މިފަދަ ކަމެއް ރެސްޓޯރެންޓަން ދިމާވި ފަހު ފަހަރު ކަމަށް ޔަގީން ކުރަން ބޭނުން ކަމަށެވެ.

އެމީހުން ވަނީ ހަތް ގަޑިއިރު ވަންދެން މުވައްޒަފުންތައް ހިފަހައްޓައި ބާގާ ހެދުމަށް މަޖުބޫރު ކޮށްފައި އެވެ. އެކަމަކު އެމީހުން އެދުނު ގޮތަށް ބާގާ ހަދައިދީފައެއް ނުވެ އެވެ.

މި މައްސަލައިގަ ހިމެނޭ ނުވަ ފުލުހުން މިހާރު ވަނީ ސަސްޕެންޑު ކޮށްފައި އެވެ. ހިލޭ ބާގާ ކާން އުޅެގެން ހައްޔަރު ކުރި ގިނަ މީހުންގެ ތެރޭގައި ޔުނިވާސިޓީ ދަރިވަރުންވެސް ހިމެނެ އެވެ.

ޕާކިސްތާނު ފުލުހުންނަކީ ބާރާއި ނުފޫޒު ބޭނުން ކޮށްގެން މިގޮތަށް ކުދި ވިޔަފާރިތަކުން ހިލޭ އެއްޗެހި ހޯދުމުގައި މަޝްހޫރު ބައެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.