ޕާކިސްތާނުގަ ކުޑަކުދިންގެ މެދުގައި އެޗްއައިވީ ފެތުރޭ އަވަށެއްގަ ކާނާ ނުނީ ބޭސް އިހުތިޔާރު ކުރަން މަޖުބޫރުވެފައި!

ޕާކިސްތާންގެ ދެކުނު ސިންދް ޕްރޮވިންސްގެ ފަގީރު އަވަށެެއްގައި ކުޑަކުދިންގެ މެދުގައި އެޗްއައިވީ ފެތުރެން ފެށީ މީގެ ދެ އަހަރު ކުރިންނެވެ.

އެކަން ފަޅާ އަރުވާލީ ހައްގުތަކަށް ވަކާލާތު ކުރާ ޒުވާނެކެވެ. އެކަން ފަޅާ އެރީ ބަލިވެގެން އެ ސަރަހައްދުގައި ހުރި އަމިއްލަ ސިއްހީ ހިދުމަތްދޭ ތަނަކަށް ގޮސް ޓެސްޓު ކުރި ކުއްޖަކު އެޗްއައިވީއަށް ޕޮސިޓިވްވުމުން އެ ޒުވާނާ އިތުރަށް ހޯދި ހޯދުންތަކުންނެވެ.

އިޝްތިހާރު Below Header ad

ރިޕޯޓުތައް ބުނާގޮތުގައި 2019 ވަނަ އަހަރު ޓެސްޓު ކުރި އިރު އެ އަވަށުގައި އުޅޭ 100 އަށްވުރެ ގިނަ ކުދިން އެޗްއައިވީއަށް ޕޮސިޓިވްވެފައިވެ އެވެ. އަދި މިހާރު އެ އަދަދު 1،500 އަށް ވަނީ އަރާފައި އެވެ. އަދި ބަލި ޖެހުނު 50 އަށްވުރެ ގިނަ ކުދިން ވަނީ އެކަށީގެންވާ ފަރުވާ ނުލިބިގެން މަރުވެފައި އެވެ.

ކުޑަކުދިންގެ މެދުގައި ބަލި ފެތުރެން ޖެހުނީ އެ އަވަށާއި ދުރުނޫން ހިސާބެއްގައި ހުރި ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ ޑޮކްޓަރަކު ގިނަ ކުޑަކުދިންނަށް އިންޖެކްޝަން ޖެހުމަށް އެއް ކަށްޓެއް ބޭނުން ކުރުމުންނެވެ. މި މައްސަލައިގަ އެ ޑޮކްޓަރު ޖަލަށްލީ ނަމަވެސް މިހާރު ވަނީ ދޫކޮށްލާފައި އެވެ.

އަދިވެސް އެ މައްސަލަ އޮތީ ކޯޓުގައި އެވެ. ޝަރީއަތްތައް ތާވަލު ކުރުމަށް ފަހު ކެންސަލް ކުރަމުންދާއިރު އޭނާ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭތީ އެ އަވަށުގެ މީހުން ދަނީ ހިތްހަމަ ނުޖެހުން ފަާޅު ކުރަމުންނެވެ. އެގޮތުން އެމީހުން ކާނާ ނޫނީ ބޭސް އިހްތިޔާރު ކުރަން މަޖުބޫރުވެފައިވާއިރު އެމީހުންނަށް ސަރުކާރުން އިންސާފު ހޯދައި ނުދޭ ކަމަށް ދަނީ ބުނަމުންނެވެ.

އެޗްއައިވީ ޖެހުނު އަހަރު ނުވާ ކުޑަކުދިންގެ ފަރާތުން މައިންނަށްވެސް ބަލި ޖެހިފައި އެބަހުއްޓެވެ. އަދި އަނބިގެން ފަރާތުން ފިރިންނަށްވެސް ދަނީ ބަލި ފެތުރެމުންނެވެ. ބައެއް އާއިލާތަކުން ބުނީ އެމީހުންގެ ދަރިންނަށް ފަރުވާ ދޭން ބޭނުންވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލަށް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކަށް ދެއްކުމުން އަންގަނީ އިތުރު ފަރުވާ ބޭނުންވާތީ އަމިއްލަ ހޮސްޕިޓަލް ތަކަށް ދިއުމަށެވެ. އެކަމަކު ދަރިންގެ ބޭސް ފަރުވާއަށް ހަރަދު ކޮށްފި ނަމަ ބަނޑުފުރާ މުއްތި ކުރަން ކާއެއްޗެއް ގަންނާނެ ފައިސާ ނެތް ކަމަށް އާއިލާތަކުން ބުނެ އެވެ.

އެމީހުން ބުނި ގޮތުގައި ޕާކިސްތާނު ސަރުކާރުން އެމީހުންނާއި އެމީހުންގެ ދަރިންނަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ދޭންޖެހެ އެވެ. އެއީ އެ ކުދިންގެ މެދުގައި އެޗްއައިވީ ފެތުރުނީ އެމީހުންގެ އިހުމާލުން ކަމަށް ނުވާތީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.