ތާޖް މަހަލް އާއި އެކު އިންޑިއާގެ މަޝްހޫރު 3،693 ބިނާއެއް މާދަމާ އަނެއްކާވެސް ހުޅުވަނީ

އިންޑިއާގެ މަޝްހޫރު ތާޖް މަހަލް ކޯވިޑާއި ގުޅިގެން ދެ ވަނަ ފަހަރު ބަންދު ކުރުމަށް މާދަމާ އަލުން ހުޅުވަން ހަމަޖައްސައިފި އެވެ.

ތާޖް މަހަލް ހުންނަ އާގްރާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެތަން ހުޅުވަން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ކަމަށެވެ. އެގޮތުން އެއް ފަހަރާ އެތަނަށް ވަދެވޭނީ 650 މީހުންނަށެވެ.

އިޝްތިހާރު Below Header ad

އެއް ފަހަރާ ވަދެގެން އުޅޭ މީހުންގެ ގްރޫޕުތައް ބަރާބަރަށް މޮނިޓާ ކުރަމުންދާނެ ކަމަށާއި އެމީހުން ބޮނޑިވެ ނުވަތަ ގައި ދުރު ކަމުގައި އުޅޭކަން ޔަގީން ކުރުމަށް ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް ބުނެ އެވެ. ތާޖް މަހަލްއަށް ވަނުމަށް ފޯނަކުން އެއް ދުވަހު ބުކް ކުރެވޭ ގިނަވެގެން ފަސް ޓިކެޓެވެ.

އެތަނުގައި ގްރޫޕުް ހަދައިގެން ފޮޓޯނެގުން ވަނީ މަނާކޮށްފައި އެވެ. އެކަމަކު ސެލްފީ ނެގޭނެ އެވެ. އަދި ތާޖް މަހަލަށް ވަންނަ ކޮންމެ މީހެއްގެ ފިނިހޫނުމިން ބަލާނެ އެވެ.

ތާޖް މަހަލް ހުޅުވުމުގެ ކުރިން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ތާޖް މަހަލް ވަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި އެވެ. އޭގެ ފަހުން އަނެއްކާވެސް އިންޑިއާގެ ކޯވިޑްގެ ހާލަތު ގޯސްވެގެން ތާޖް މަހަލް ބަންދު ކުރީ މިއަހަރުގެ އޭޕްރިލް މެދުތެރޭގައި އެވެ.

ތާޖް މަހަލް އާއި އެކު އިންޑިއާގެ އިތުރު 50 ދާރުލް އާސާރާއި 3،692 އާސާރީ ބިނާތައް ހިމެނޭ އާންމުން ގޮސް އުޅޭ ތަންތަން މާދަމާ ހުޅުވާނެ އެވެ.

އާންމުކޮށް ތާޖް މަހަލަށް ދުވާލަކު 70،000 މީހުން ޒިޔާރަތް ކުރެ އެވެ.

ކޯވިޑްގެ ކުރިން އެންމެ ފަހުން ތާޖްމަހަލް ބަންދުކޮށްފައިވަނީ އެ ބިނާ ހުންނަ އިންޑިއާގެ އާގަރާގައި ފެން ބޮޑުވުމުގެ ސަބަބުން 1978 ގައި އެވެ.

ތާޖް މަހަލް ބިނާކުރީ 17 ވަނަ ގަރުނުގައި އިންޑިއާގެ އޭރުގެ ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިކަނބަލުން އަދި ރާނީ މުމްތާޒު މަހަލްގެ ހަނދާނުގައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.