ޔޫރޯ 2020: ގަދަފަދަ ޕޮލެންޑުގެ މައްޗަށް ސްލޮވާކިއާ އިން ކާމިޔާބު ހޯދައިފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗު ޕޮލެންޑު އާއި ބައްދަލުކޮށް ސްލޮވާކިއާ އިން ކާމިޔާބު ކޮށްފި އެވެ.

ގްރޫޕް އީގެ މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ 2-1 ން ނެވެ.

އިޝްތިހާރު Below Header ad

ރަޝިޔާގެ ސެއިންޓް ޕީޓާސްބާގްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑަކީ ޕޯލެންޑްގެ ގޯލް ކީޕަރު ޝެޒްނީގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ކީޕަރެއްގެ އަތުން ބައިކޮޅަށް ލަނޑެއް ވަތް ފުރަތަމަ ފަހަރެވެ.

މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ސްލޮވާކިއާ ކުރީގައި އޮވެގެން ނެވެ.

ދެވަނަ ހާފުގައި ޕޮލެންޑުން ކުޅުން އިތުރަށް ރަނަގޅުކޮށް، ހަމަލާތައް އުފެއްދުމުގެ ނަތީޖާއަކަށް ވީ 46 ވަނަ މިނެޓްގައި ކެރޮލް ލިނެޓީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކުރުމެވެ.

ޕޮލެންޑަށް ލިބުނު މާޔޫސްކަމަކީ 62 ވަނަ މިނެޓްގައި އެޓީމުގެ ކުޅުންތެރިއަކަށް ދެވަނަ ރީދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުން ނެވެ. އެއަށް ފަހު މާގިނަ އިރު ތަކެއް ނުވެ 69 ވަނަ މިނެޓްގައި ސްލޮވާކިއާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯ2 ލަނޑު1 ލަނޑަށް ބަދަލުކޮށްލާފަ އެވެ.

މިމެޗުން މޮޅުވުމުން ސްލޮވާކިއާ މިވަނީ ގްރޫޕްގެ އެއްވަނައަށް އަރާފަ އެވެ.

ގްރޫޕް އީގައި ދެން އޮތް ސްޕެއިން އަދި ސުވިޑަން ވާދަ ކުރާ މެޗު މިރޭ އޮންނަ އިރު އެމެޗުން އޮންނާނީ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.