ޚަބަރު ފީތާ

ބިލެއްފަހި ބަނދަރު ފުންކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީ

ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ވަރަށް ބާރު މިނެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ 28.42 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 24،125 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލާނެ ކަމަށެވެ.

މީގެ އިތުރުން 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

Like
Like Love Haha Wow Sad Angry