އިންޑިއާގެ މަތިންދާބޯޓުތަކުން ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން އޮކްޓޯބަރު 24 ގެ ނިޔަލަށް އިތުރުކޮށްފި

ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީ.އޭ.އޭ) އިން ނެރުނު ނޯޓިސް ޓު އެއާމެން (ނޮޓަމް) އެއްގައިވާ ގޮތުން، އިންޑިއާގެ މަތިންދާބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

މީގެ ކުރިން މި މަނާކުރުން އޮތީ ސެޕްޓެމްބަރު 24 އަށް ހަމަވާގޮތަށެވެ. ނެރުނު ނޯޓިސްގައި ބަޔާންކޮށްފައިވާ ގޮތުގައި، އިންޑިއާގައި ރަޖިސްޓްރީކޮށްފައިވާ ބޯޓުތަކާއި، އިންޑިއާގެ އެއާލައިންތަކުން ނުވަތަ އޮޕަރޭޓަރުން މިލްކުވެރިކަމުގެ ދަށުގައިވާ ނުވަތަ ކުއްޔަށް ހިފައިގެން ދުއްވާ ބޯޓުތަކުގެ އިތުރުން އަސްކަރީ ފްލައިޓުތަކަށް ވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10:45 އިން ފެށިގެން ކަމަށާއި، މިއީ 24 އޮކްޓޯބަރު 2026 ގެ ފަތިހު 04:59 އާ ހަމައަށް ދެމިގެންދާނެ ނިންމުމެއް ކަމަށް އެ ނޯޓިސްގައިވެ އެވެ.

ޕާކިސްތާނުގެ ސިވިލް އެވިއޭޝަން އޮތޯރިޓީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ޤައުމުގެ ވައިގެ ސަރަހައްދު ބެހިފައިވަނީ ކަރާޗީ އަދި ލާހޯރުގެ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފް.އައި.އާރު) ތަކަށެވެ. ބުދަ ދުވަހު ނެރުނު ނޯޓަމް މި ދެ ސަރަހައްދަށްވެސް ޢަމަލުކުރެވޭނެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުން އެއް ޤައުމު އަނެއް ޤައުމަށް ވައިގެ ސަރަހައްދު ބަންދުކުރީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގަ އެވެ. އެއީ އިންޑިއާގެ ބާރުގެ ދަށުގައިވާ ކަޝްމީރުގެ ޕަހަލްގާމްގައި ދެވުނު ނުރައްކާތެރި ހަމަލާއަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި މަސްލަހަތު ގޯސްވުމާ ގުޅިގެންނެވެ.

ޕަހަލްގާމް ހަމަލާގެ ފަހަތުގައިވަނީ އިސްލާމްއާބާދު ކަމަށް އެއްވެސް ހެއްކެއް ނެތި އިންޑިއާއިން ތުހުމަތުކުރި ނަމަވެސް، ޕާކިސްތާނުން ވަނީ އެކަން ހަރުކަށިކޮށް ދޮގުކޮށް، މިނިވަން ތަޙްޤީޤަކަށް ފުރުޞަތު ދީފަ އެވެ. ނިއުކްލިއާ ބާރުތަކެއް ކަމަށްވާ މި ދެ ޤައުމުގެ ދެމެދުގައި މެއި މަހު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއިރު، އިންޑިއާގެ ހަތް ހަނގުރާމަމަތީ ބޯޓު ވައްޓާލާފައިވާނެ ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ.

އޭގެ ފަހުން ޕާކިސްތާނުން ތަކުރާރުކޮށް ވައިގެ ސަރަހައްދު ބަންދުކުރި މުއްދަތު އިތުރުކުރަމުން ދިއުމުގެ ސަބަބުން، އިންޑިއާގެ އެއާލައިންތަކަށް ވަނީ ދުރު އަދި ހަރަދު ބޮޑު މަގުތައް ބޭނުންކުރަން މަޖުބޫރުވެފަ އެވެ.

އިންޑިއާގެ ބައިނަލްއަޤްވާމީ އުދުހުންތަކުގެ ބޮޑު ބައެއް ހިއްސާކުރާ އެއާ އިންޑިއާއިން މިދިޔަ އޮކްޓޯބަރު މަހު ހުށަހެޅި ރިޕޯޓެއްގައިވާ ގޮތުން، ބައެއް ދިގު ދަތުރުތަކުގެ ވަޤުތު ތިން ގަޑިއިރަށް އިތުރުވެ، ތެލުގެ ހަރަދު 29 އިންސައްތައަށް ވަނީ އުފުލިފަ އެވެ.

ޓާޓާ ގްރޫޕާއި ސިންގަޕޫރު އެއާލައިންސް ގުޅިގެން ހިންގާ މި އެއާލައިނުން ލަފާކުރާ ގޮތުގައި، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން އަހަރަކު 455 މިލިއަން ޑޮލަރުގެ ގެއްލުން އެ ކުންފުންޏަށް ލިބެ އެވެ.

މިއީ 2024-25 ވަނަ މާލީ އަހަރު އެ އެއާލައިނަށް ލިބުނު 439 މިލިއަން ޑޮލަރުގެ ގެއްލުމާ އަޅާބަލާއިރު ބޮޑު އަދަދެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.